ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މިއަދު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފުތިތާހު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. އެ ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ad
rt

ހޯރަފުށީގެ 11 މަގެއްގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކުރީ އޭޕްރިލް 2021ގައެވެ. މި މަސައްކަތް އިފުތިތާހު ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން 11 މަގެއް، ޖުމުލަ 5.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކޮށް 25،90 އަކަ މީޓަރުގެ ދުއްވާ ސަރަހައްދު ލެވަލްކޮށް ތާރުއަޅާނެ އެވެ. އަދި 11،114 އަކަ މީޓަރު ސަރަހައްދެއްގައި ދުވާރު ހަދައި ފެންހިންދާ ނިޒާމެއް ގާއިމުކޮށް މަގު ބައްތި އަދި މަގުމަތީ ނިޝާން ހަރުކުރާނެއެވެ.

މިއީ 71.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.