ސްކޫލް ބަންދަށްފަހު ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ސްކޫލްތައް ހުޅުވާލާއިރު މާލޭގެ ސްކޫލްތަކުގައި ސަމާލުކަން ދޭންވީ ކަންކަން އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަނެއްކާވެސް ރާއްޖޭގައި ކޮވިޑް ވައިރަސް ހަލުވިކަމާއެކު ފެތުރެމުން ދާތީ، ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގަމުން ދާ ކަމަަށެވެ.
އެގޮތުން ރާއްޖޭގައި ކޯވިޑް-19ގެ ހަލުވިކަމާއިއެކު ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގްރޭޑް 1 އިން 8ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން 2 ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުމަށް އެދިފައިވެއެވެ.
މީގެ އިތުރުން ކޯވިޑް ރައްކާތެރިވުމަށް އެޑިއުކޭޝަން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލްގެ ހުރިހާ ހަރަކާތެއްގައި ގައި ދުރުކަން ދެމެހެއްޓުން އަދި ކްލާސްރޫމްގައި ދަރިވަރުން ތިބޭއިރު 3 ފޫޓް ދުރުމިނެއް ބެހެއްޓުން ހިމެނެއެވެ. އަދި ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ހުންބެލުމާއި ސެނެޓައިޒްކުރުން ނުވަތަ އަތްދޮވުމަށް ވަނީ އަންގާފައެވެ. އެގޮތުން ކޮންމެ ސްކޫލެއްގައި ޤާއިމުކޮށްފައިވާ "އިންފެކްޝަން ކޮންޓްރޯލް މެޝަރސް"ގެ އެންމެހާ ކަންކަން ފުރިހަމައަށް ތަންފީޒުކުރުމަށްވެސް ވަނީ އަންގާފައެވެ.
ސްކޫލްތަކުގެ ކިޔެވުން ފެށިގެން ކުރިއަށްދާއިރު މާސްކު ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގޭނެއެވެ. އަދި ސްކޫލްތަކުގެ ކިޔަވައިދޭ ދަންފަޅިތައް ވީހާވެސް ކުރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދެއްވާ އިރުޝާދުތަކަށް އަމަލުކުރުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
މިދުވަސްވަރު އެއްވެސް މުވައްޒަފަކު ނުވަތަ ދަރިވަރަކުވެސް ސްކޫލްގެ ތެރޭގައި ގްރޫޕް ހަދައިގެން ކައިބޮއެ ނުވަތަ އެއްވެސް ކަހަލަ އެއްވުމެއް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ މި ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމަށް ހުރިހާ ސްކޫލްތަކާއި އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ ތަންތަނާއި އިދާރާތަކަށް އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!