ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަސައްކަތް ފެށީ އިއްޔެ ކަމަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 17790 އަކަ މީޓަރުގެ ދިގުމިނުގެ 9 މަގެއްގެ މަސައްކަތް ކުރާނެއެވެ. އަދި 6923 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 17790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރާނެއެވެ.

މީގެ އިތުރުން މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ.

މިއީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.