ހދ. ވައިކަރަދޫގައި "މޫސުމީ ދަނޑުވެރިކަމަށް" ބިން ދޫކުރަން ހަމަޖެހިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ވައިކަރަދޫ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޫސުމީ ދަނޑު ހެއްދުމަށްޓަކައި ރަށުން ބިންދެވެންއޮތް ސަރަހައްދު ތަކުން ބިން ދިނުން މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

Ad
rt

އެގޮތުން މޫސުމީ ދަނޑުބިން ބޭނުންވެލައްވާ ފަރާތްތަކުން މިމަހުގެ 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން "މޫސީ ދަނޑަށް އެދޭ ފޯރމް" ފުރިހަމަކުރެއްވުމަށްފަހު އެއިދާރާއަށް ހުށައެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ދަނޑު ބިން ނެގުމަށް ފުރުސަތު ހުޅުވާލާފައި ވީނަމަވެސް އެކައުންސިލުން ކުރިއަށް ރޭވިފައި ހުރި ޕްރޮގްރާމްތަކާއި ގުޅިގެން ދަނޑު ކައުންސިލަށް ނެގުން އެކަށީގެންވާކަން ރައްޔިތުންގެ ސަމާލުކަމަށް އެކައުންސިލުން ވަނީ އަންގާފައެވެ. އަދި އެފަދަހާލަތުގައި އެއްވެސް ބަދަލެއް ދިނުމަކާއިނުލައި ކައުންސިލަށް ދަނޑުބިން ނެގޭނެއެވެ.

އެހެންކަމުން މި ދަނޑުތަކުގައި ހެއްދޭނީ ކުރުމުއްދަތުގައި ހައްދައިގެން ކެނޑޭނެ މޫސުމީ ބާވަތްތަކެވެ. އަދި އެ މުއްދަތުގެ ތެރޭގައި ދަނޑުތަކުގައި ފެންވަޅުކޮނެ ގެ އެޅުން ވަނީ މަނާ ކޮށްފައެވެ.

"މޫސީ ދަނޑަށް އެދޭ ފޯރމް" އެރަށު ކައުންސިލުން އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމެއްގެ އަގަކީ -/3 ރުފިޔާއެވެ.