ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން އޮޕަރޭޓް ކުރަމުންދާ "މެކުނު" ނަމަކަށް ކިޔާ ތެޔޮ ބާޖެއް ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ 24 މީޓަރު ދިގުމިނުގެ ބާޖެއް ރޭގެ ވަގުތެއްގައި ކ.ރަންނާޅި ރިސޯޓު ކައިރީގައިވާ ފަރަކަށް އަރާފައިވާކަމަށެވެ.
މި އުޅަނދު ފުންކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދުފަހަރު މިހާރު ދަނީ ހަރަކާތްތެރިވަމުންކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތެއް ނުވަތަ އުޅަނދުން ތެޔޮ ލީކުވެފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައިނުވާކަމަށް ވެސް އެފަރާތުން ބުނެއެވެ.
އެފްއެސްއެމްއިން އޮޕަރޭޓް ކުރަމުންދާ 24 މީޓަރު ދިގުމިނުގެ ބާޖެއް ރޭގެ ވަގުތެއްގައި ކ.ރަންނާޅި ރިސޯޓު ކައިރީގައިވާ ފަރަކަށް ވަނީ އަރާފަ. މި އުޅަނދު ފުންކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދުފަހަރު މިހާރު ދަނީ ހަރަކާތްތެރިވަމުން.
— Maldives National Defence Force (@MNDF_Official) January 6, 2022
ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސަލް ބަރުކޮށްގެން ދަތުރު ކުރަމުންދަނިކޮން އެފްއެސްއެމްގެ "މެކުނު" ތެޔޮ ބާޖު ށ. ނޫމަރާގެ ހުޅަނގުފަރާތު ފަރަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުވެސް ވަނީ އަރާފަ އެވެ.
އެފަހަރު އެ ބާޖު ފަރަށް އެރިއިރު 100،000 ލީޓަރުގެ ޑީސެލްއާއި 15،000 ލީޓަރުގެ ޕެޓްރޯލް ހުރި ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!