މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ފަރާތުން ކޯލް ސެންޓަރެއް ގާއިމުކޮށް މާދަމާ ޚިދުމަތްފަށަން ތައްޔާރުވެއްޖެެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވިގޮތުގައި މިއީ އެ މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ މަޤްޞަދުގައި ގާއިމުކުރި ކޯލް ސެންޓަރެކެވެ.
މި ކޯލް ސެންޓަރުގެ ޚިދުމަތް މާދަމާ، 5 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެން ރައްޔިތުންނަށް ލިބިގެންދާނެކަމަށާއި، އަދި ޓްރާންސްޕޯޓް ހޮޓްލައިންގެ ގޮތުގައި ނަންބަރެއް ޚާއްސަކުރެވިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
މި ކޯލް ސެންޓަރުގެ ޚިދުމަތް ލިބިވަޑައިގަންނަވާނީ، ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެދުނު 08:30 އިން މެންދުރު ފަހު 14:00 ގެ ނިޔަލަށެވެ.
އަދި ކޯލް ސެންޓަރު ބަންދު ގަޑިތަކުގައި މަޢުލޫމާތު ހޯއްދެވުމަށް އީ-މެއިލްގެ ޒަރީޢާއިން ހުށަހެޅުއްވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މި ކޯލްސެންޓަރަށް ގުޅޭނެ ޓްރާންސްޕޯޓްގެ ހޮޓްލައިން ނަންބަރަކީ 1511 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!