ނ. ލަންދޫ ބަނދަރު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މި ރަސްމިއްޔާތުގައު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ލަންދޫ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި ލަންދޫ ބަނދަރުގެ މަސައްކަތް ނިމިފައިވަނީ އިއްޔެއެވެ.

މި މަޝްރޫއުގެ ދަށުން 227 މީޓަރުގެ އެއްގަމު ތޮއްޓަކާއި387 މީޓަރުގެ ބޭރު ތޮއްޓަކާއި 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ވަނީ ޖަހައިފައެވެ. އަދި 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހައި 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހަދައި ރޭމްޕެއް ހަދައި މަގުބައްތި ވަނީ ހަރުކޮށްފައެވެ.

މިއީ 35.60 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ވަނީ، މިދިޔަ ތިން އަހަރުތެރޭ ބަނދަރު ތަރައްގީ ކުރުމުގެ 26 މަޝްރޫއެއްގެ މަސައްކަތް ނިންމާފައެވެ.