ހއ. އުލިގަމުގައި ކުރިއަށްގެންދާ މަސްފިހުމުގެ ބޮޑު ހަރަކާތުގައި ބައިވެރިވުމުގެ ދައުވަތު ރަށުގެ އެންމެހާ ރައްޔިތުންނަށް ދީފިއެވެ.

އުލިގަމު ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްފިހުމުގެ ބޮޑު ހަރަކާތުގައި ރަށުގެ ކުދިބޮޮޑު އެންމެހާ ރައްޔިތުންނަށާއި ރަށުގައި ދިރިއުޅުއްވާ އެހެނިހެން ރަށްރަށުގެ ބޭފުޅުންނަށްވެސް ދައުވަތު އަރުވާ ކަމަށެވެ.

Ad
rt

އުލިގަމު ބަނދަރު ސަރަހައްދުގައި މިރޭ 20:15 ގައި ފެށުމަށް ހަމަޖެހިފައިވާ މި ބާބެކިޔު ބޭއްވިގެންދަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅު ތަކާވެސް އެކީގައެވެ.

އެގޮތުން ބާބެކިޔު އަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް އިޖުތިމާޢީ ގައިދުރުކަން އިސްކުރެއްވުމުގެ އިތުރުން މާސްކް އަޅުއްވާއި ހޭންޑް ސެނެޓައިޒަރ ބޭނުން ކުރެއްވުމަށް އެރަށު ކައުންސިލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

"ދަ ގްރޭޓް މޯލްޑިވިއަން ބާބެކިއު" ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ މި ހަރަކާތަށް ރަށުން ބޭރުން މިފަހަރު އައި މީހުން ގިނަ ކަން ފާހަގަ ކޮށްލެވެއެވެ. ކޮންމެ އަހަރެއްގެ ވެސް ރޯދަ މަސް ނިމެން ގާތްވުމާ އެކު އުލިގަމުގައި ތައްޔާރުވާން ފަށަނީ ހަމައެކަނި އީދު ފާހަގަކުރުމަކަށް ނޫނެވެ. އެ ރަށުގައި ކޮންމެ އަހަރަކު ވެސް ރަށުގެ އެންމެން ބައިވެރިވެގެން ބާއްވާ މަސް ފިހުމުގެ ބޮޑު އީދަށް ވެސް ތައްޔާރުވެ އެވެ. މީގެ އަހަރުތަކެއް ކުރިން ފެށިގެން ބާއްވަމުން އަންނަ މި ބާބެކިއު އަކީ މުޅި ރާއްޖޭގައި ވެސް ބާއްވާ މިފަދަ އެންމެ ބޮޑު ބާބެކިއު އެވެ.