ދުނިޔޭގެ އެންމެ ރީތި ގުދުރަތީ އަޖައިބުތަކުގެ ތެރޭގައި މީރު އައިލެންޑް ރިސޯޓު ހިމެނިއްޖެއެވެ.

މީރު އައިލެންޑް ހިމެނުނީ މި ލިސްޓުގެ ދެވަނައިގައެވެ. މިއީ މި ލިސްޓުގައި ހިމެނުނު ރާއްޖޭގެ ހަމައެކަނި ރިސޯޓެވެ.

Ad
rt

ރާއްޖޭގެ ހުރިހާ ރިސޯޓަކީވެސް ގިނަ ބައެއްގެ މަގުބޫލު ކަން ހޯދާފައިވާ ރިސޯޓުތަކެވެ. އެކި ރިސޯޓުތައް ދުނިޔޭގެ ތަފާތު ލިސްޓުތަކުން އަބަދުވެސް ޖާގަ ހޯދައެވެ.

މީރު އައިލެންޑް ރިސޯޓަކީ މާލެ އަތޮޅުގައި ތަރައްގީ ކޮށްފައިވާ 284 ވިލާ ހުންނަ ރިސޯޓެކެވެ. މީގެ ތެރޭގައި ޖަކޫޒީ ވޯޓާ ވިލާ އާއި ވޯޓާ ފްރަންޓް ވިލާ އާއި ޖަކޫޒީ ބީޗް ވިލާ އާއި ބީޗް ވިލާ އާއި ގާޑަން ރޫމް ހިމެނެއެވެ.

ދުނިޔޭގެ އެންމެ ރީތި 15 ގުދުރަތީ އަޖައިބުތަކުގެ ތެރޭގައި ހިމެނޭ މަންޒިލްތައް:

- ޕޭޓޯ ލޭކް: ކެނެޑާ
- މީރު އައިލެންޑް : ރާއްޖެ
- ޖުރާސިކް ކޯސްޓް: އިންގްލެންޑް
- ޔޯސެމިޓް: ޔޫއެސްއޭ
- ލޭކް ޓެކަޕޯ: ނިއުޒިލެންޑް
- ނައިގްރާ ފޯލްސް: ކެނެޑާ/ޔޫއެސްއޭ
- ސްނޯޑޯން: ވޭލްސް
- ޕުއާޓޯ ޕްރިންސެސާ ސަބްޓްރޭނިއަން ރިވާ: ފިލިޕީންސް
- މާބަލް ކޭވްސް: ޗިލީ
- އެލް ޔޫންކް ނޭޝަނަލް ފޮރެސްޓް: ޕުއެޓޯރިކޯ
- އަރޯރާ ބޮރެލިސް: އައިސްލެންޑް
- އިގުއަޒޫ ފޯލްސް: އާޖެންޓީނާ
- ލޭކް މަތޯސެން: ނިއުޒިލެންޑް
- ފަންގް ގާ ބޭ: ތައިލެންޑް
- ގްރޭންޑް ކެންޔަން: ޔޫއެސްއޭ