މޯލްޑިވް ގޭސް އިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް އޮކްސިޖަން ރެގިއުލޭޓަރު ހަދިޔާ ކޮށްފިއެވެ.
އެ ކުންފުނިން ކޭއާރުއެޗްއަށް ހަދިޔާ ކުރީ 10 އޮކްސިޖަން ރެގިއުލޭޓަރެވެ. މި އެހީއަށް ކޭއާރުއެޗުން ވަނީ މޯލްޑިވް ގޭސްއަށް ޝުކުރު އަދާ ކޮށްފައެވެ.
އޮކްސިޖަން ރެގިއުލޭޓާއަކީ، އޮކްސިޖަން މަދުން ލިބޭ ވަގުތު ބަލި މީހުންނަށް އޮކްސިޖަން ފޯރުކޮށްދިނުމުގައި ބޭނުންކުރާ އެއްޗެކެވެ. މީގެ ސަބަބުން އޮކްސިޖަން ހަށިގަނޑަށް ފޯރުކޮށްދިނުން ފަސޭހަވެ، ނޭވާލުން ސްޓޭބަލް ކޮށްދެއެވެ.
ކޯވިޑް-19ޖެހޭ ބައެއް މީހުންނަށް އޮކްސިޖަން ލިބުމުގައި ދަތިވާއިރު މިފަދަ ތަކެތި ހޮސްޕިޓަލުތަކުގައި ހުރުމަކީ މުހިންމުކަމެކެވެ.
ކޭއާރުއެޗްއަކީ މިހާރު ތިލަދުންމަތީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ޑޮކްޓަރަށް ދައްކަން ދާ ހޮސްޕިޓަލެކެވެ. ކޯވިޑާ ގުޅިގެން އެ ހޮސްޕިޓަލުގެ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އަދި މި ހޮސްޕިޓަލުން ވަނީ އާ ގިނަ ޚިދުމަތްތަކެއް ތަޢާރަފްކޮށް، އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް ވަރަށް ބޮޑުތަނުން ފުޅާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!