ހުސްވެފައިވާ ކޮމަންޑޫ ދާއިރާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަން ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާކުރަން ކުރިމަތިލާފައިވާ ކެންޑިޑޭޓް ޢިއުލާން ކޮށްފިއެވެ.
އެމްޑީޕީން ބުނީ ކޮމަންޑޫ ދާއިރާ މަޖިލީސް އިންތިހާބުގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލީ އެންމެ ކެންޑިޑޭޓެއް ކަމަށެވެ.
ޕްރައިމަރީއަަށް ކުރިމަތިލީ މުޙައްމަދު ރާޝިދު ، ޔުނިވާސް/ ށ.ފޯކައިދޫ ކަމަށް އެ ޕާޓީން ބުނެއެވެ.
އޭނާއަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މި މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!