ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް 2 ލެޑްބޮކި ދިނުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން ސްޓެލްކޯ އިން ލެޑްލައިޓް ދޫކުރަން ފަށައިފިއެވެ.
ލެޑް ބޮކި ދޫކުރަމުން ދަނީ ކަރަންޓު މީޓަރަކަށް 2 ބޮކީގެ ރޭޓުން ކަމަށާއި އެ ކުންފުނިން ލެޑް ބޮކި ދޫކުރަމުން ދަނީ ކުރިން ދޫކޮށްފައި ނުވާ ގޭބީސީ ތަކަށް ކަމަށް އެކުންފުނިންވަނީ ބުނެފައެވެ.
ހުރިހާ ގޭބީސީއަކަށް ބެހުމަށް ހަމަޖެހިފައިވާ ލެޑް ބޮކިތައް ބެހުމަށް ސަރުކާރުން ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފައެވެ.
STELCO ah vadaigen hiley energy saving light hoadhdhavaa. pic.twitter.com/G8vSKl7gBi
— STELCO (@STELCOMALDIVES) October 6, 2019
އެންވަރމެންޓް މިނިސްޓްރީން ބުނީ، އެ ލެޑް ބޮކިތަކަކީ ތިމާވެށްޓާ ރައްޓެހި ކަރަންޓު ހަރަދުކުޑަ ލެޑް ބޮކިތަކެއްކަމަށާއި، 200000 ބޮކިން ދުވާލަކަށް 9600 ޔުނިޓުގެ ކަރަންޓު ސަލާމަތްކުރެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!