އިންޑޮނޭޝިއާއަށް 7.3ގެ ބިންހެލުމެއް އައުމާއި ގުޅިގެން އެގައުމަށް ސުނާމީގެ އިންޒާރު ނެރެފި އެވެ.

މި ބާރުގަދަ ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާގެ ޕްލޯރެސް އައިލެންޑް ކައިރިން ޕްލޯރެސް ސީއަށެވެ.

Ad
rt

މިއަދު ހެނދުނު އެގައުމުގެ ގަޑިން 10:20 ގައި އައި ބިން ހެލުން އައިސްފައިވަނީ ކަނޑުގެ 18.5 ކިލޯމީޓަރު އަޑިންނެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ނެރުނު އިންޒާރުގައި ބުނެފައިވަނީ މި ބިންހެލުމާއި ގުޅިގެން ބިން ހެލުން އައި ހިސާބާއި 1000 ކިލޯމީޓަރު ކައިރީގައިވާ ސަރަހައްދުތަކަށް ސުނާމީ ނުރައްކާތެރި ރާޅުގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ.

އެހެކަމުން އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފަ އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނީ މިބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭ ކަމަށެވެ.