ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ބިމެއް ކުއްޔަށް ދިނުމަށް އެރަށު ކައުންސިލުން އިޢުލާންކޮށްފި އެވެ.

އެ ކައުންސިލުން މި މަހުގެ 9 ވަނަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ތެލުގެ ވިޔަފާރި ކުރުމަށް ބޭނުންވެލައްވާ ފަރާތަކަށް ކައުންސިލްގެ ފަރާތުން 5000 (ފަސްހާސް) އަކަފޫޓްގެ ބިމެއް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

އެގޮތުން ތެލުގެ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ 11:00 ގައި މައުލޫމާތު ސާފު ކުރެއްވުމަށްފަހު މި މަހުގެ 23 ވަނަ ދުވަހުގެ 11:00 ގެ ކުރިން ޕްރޮޕޯސަލް ހުށައަޅަން ޖެހެއެވެ.

މައުލޫމާތު ސާފު ކުރުމުގެ ސެޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ 11:00 އާ ހަމައަށެވެ. ރަޖިސްޓްރީ ވުމަށް އެ ކައުންސިލުން ނެރެފައިވާ އިއުލާނުގައިވާ މައުލޫމާތު ތަކާއި އެކު info@hoarafushicouncil.gov.mv އަށް މެއިލް ކުރުމަށް އެ އިދާރާއިން ވަނީ އެދިވަޑައިގަންނަވާފައެވެ.

މައުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިވެވޭނީ ހަމައެކަނި ސެޝަނަށް ރަޖިސްޓްރީ ވާ ފަރާތްތައް ކަން އެ ކައުންސިލުން ވަނީ ހަނދާން ކޮށްދެއްވާފައެވެ.

މި ސެޝަނުގައި އޮންލައިން ކޮށްވެސް ބައިވެރިވެވޭނެ އެވެ.