ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑް ކޮލެޖްގެ ޗެއަރމަން އަބްދުﷲ މުސްތާޤް ރަޝާދަށް ބައިނަލްއަޤްވަމީ އެވޯޑެއް ލިބިއްޖެއެވެ.
އެކި ދާއިރާތަކުން މީހުން ބިނާކޮށް، މަތީ ތައުލީމްގެ ގިނަ ފުރުޞަތުތަކެއް ހުޅުވާލަދީފައިވާ އެވިޑް ކޮލެޖްގެ ޗެއާމަން މުސްތާޤަށް ލިބިވަޑައިގެންނެވީ ސައުތް އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑް 2021ގެ ވިޝަނަރީ ލީޑަރޝިޕް އިން އެޑިއުކޭޝަން އެންޑް ލަރނިން ޑިވެލޮޕްމެންޓް އެވޯޑެވެ.
މި އެވޯޑް މުޝްތާގަށް އަރުވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ބޭއްވުނު ސައުތް އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑް 2021 ގެ ރަސްމިއްޔާތުގައެވެ.
މި ޝަރަފްވެރި އެވޯޑް ލިބިވަޑައިގަތުމުން އެވިޑް ކޮލެޖުން ވަނީ ޗެއާމަން މުސްތާޤަށް މަރުޙަބާ ދަންނަވާފައެވެ.

ސައުތް އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑް އަކީ ދުނިޔޭގެ ވިޔަފާރީގެ މަޝްރަހުގައި ފާހަގަ ކޮށްލެވޭ ޚިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުންދާ އެވޯޑްއެކެވެ. އެގޮތުން މިފަހަރުގެ އެވޯޑްގައި ކޮރޯނާ ވައިރަހުގެ ޕެންޑެމިކް ދުވަސްތަކުގައި ގައުމުތަކުގެ އިގްތިސާދަށް ގެނުވި ހީނަރު ކަމާއި އެކުވެސް ވިސްނުން ތެރިކަމާއި ހިތްވަރާއި އެކު މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް އެ އެވޯޑް އިންތިޒާމް ކުރައްވާ ފަރާތުން ވަނީ ހިތްވަރުދެއްވާފައެވެ.
މުސްތާޤަށް މީގެކުރިން ވަނީ ޤައުމީ ފެންވަރުގެ އެ ވޯޑްތައް ވެސް ލިބިވަޑައިގެންފައެވެ.
އެވިޑް ކޮލެޖަކީ ވަރަށް ފުޅާ ދާއިރާއެއްގައި ޒަމާނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު، އެކި ދާއިރާތަކުން އެކި ގިންތީގެ ގޯސްތަކާއެކު އުންގަންނައިދެމުން އަންނަ ކޮލެޖެކެވެ. އެ ކޮލެޖުން ވަނީ ކުރުމުއްދަތެއްގެ ތެރޭގައި ދަރިވަރުންނާއި، ރައްޔިތުންގެ އިތުބާރު ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!