ކޯވިޑް-19 ބަލީގައި ބ. ދޮންފަނަށް ނިސްބަތްވާ މީހަކު ނިޔާވެއްޖެއެވެ.
އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، އެ ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ޒޯން ބީ ރީޖަނަލް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މިއަދު ނިޔާވެފައިވާ ކަމަށެވެ.
ނިޔާވެފައި ވަނީ އެ އަތޮޅު ދޮންފަނު 80 އަހަރުގެ އަންހެނެއް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
އެމީހާ ނިޔާވީ ރޭ ފަތިހު 6:35 ގައެވެ.
ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމުން މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 258 ވަނަ މީހާއެވެ.
އިއްޔެވެސް މިބަލީގައި ވަނީ މީހަކު ނިޔާވެފައެވެ. އެއީ އައްޑޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 83 އަހަރުގެ ފިރިހެނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!