ރައްޔިތުންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ހިދުމަތްތަކަށް މިރޭވެސް ބުރޫ އަރާނެ ކަަމަށް ބުނެފިއެވެ.
އަހަރެންގެ ބޭންކް ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނީ މިރޭ ދަންވަރު 01:00ން 05:00ށް އިންޓަރނެޓް ބޭންކިންގއާ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކާއި ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް ބުރޫ އަރާނެ ކަމަށެވެ.
މި ގަޑިތަކުގައި ކުރިން ރާވާފައިވާ ގޮތަށް މެއިންޓެނެންސް މަސައްކަތެއް ކުރިއަށްދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެ ގަޑި ހިޔާރުކޮށްފައިވަނީ އެންމެ މަދުން އެގަޑީގައި ހިދުމަތް ބޭނުން ކުރާނެ ކަސްޓަމަރުން އުޅޭނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ.
Customers will experience service interruptions to Internet Banking, Card Services, ATMs, POS machines and Payment Gateway between 1 - 5 am tonight (10 December 2021) due to a planned maintenance. Thank you for your patience.
— Bank of Maldives (@bankofmaldives) December 9, 2021
މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ބޭންކުން ވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ.
ބީއެމްއެލްއިން ރޭވެސް ވަނީ މެއިންޓަނެންސް މަސައްކަތެއް ކުރުމަށް ބައެއް ޚިދުމަތްތައް މެދުކަނޑާލާފަ އެވެ. މި މަހާއި މިދިޔަ މަހަކީ އަހަރެންގެ ބޭންކުން އިންޓަރނެޓް ޚިދުމަތް ދޭން ފެށީންސުރެއް ރެކޯޑް މިންވަރަކަށް ޚިދުމަތްތައް މެދުކެންޑުނު ދުވަސް ތަކެކެވެ. އެބޭންކުން ބުނަނީ އަޕްގުރޭޑްއެއް ކުރުމަށްފަހު ދިމާވާ މައްސަލައެއް ކަމަށެވެ. ނަމަވެސް އެކަން ހައްލު ކުރުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އެބޭންކުގެ ސީއީއޯ ވަނީ ދިމާވި ދަތިތަކަށް މަޢާފަށް އެދި އެފަދަ މައްސަލަ އެއް ތަކުރާރު ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި ކުރިން ޚިދުމަތް ކެނޑުނު ވަރަށް ދެން ނުކެނޑޭނެ ކަމަށްވިދާޅުވެފައެވެ. ނަމަވެސް ދެދުވަސް ނުވެ އަނެއްކާވެސް މައްސަލަ ދިމާވެ ދަންވަރު މެއިންޓަރނެންސް އަށް ޚިދުމަތްތަކަށް ބުރޫއަރާ ވަރު މިވަނީ އިތުރު ވެފައެވެ.
މިއާއި އެކު ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ދާދިފަހުން އެބޭންކުން ޓެކްނިކަލް ސްޓާފުން ހޯދަން އިޢުލާން ކުރިކަންވެސް ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!