އެމެރިކާގެ އުތުރު ހުޅަނގަށް، 48 ގަޑިއިރުގެ ތެރޭގައި 100 އަށްވުރެއް ގިނަ ބިންހެލުން އަތުވެއްޖެއެވެ.

ނިއުޕޯޓްއިން ފެށިގެން 263 މޭލެއްހާ ބޭރު ކަނޑުގެ ސަރަހައްދަށް އަންނަމުންދާ މިބިންހެލުން ހަފްތާއަކަށް ދެމިގެން ދާނެކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވެ އެވެ.

Ad
rt

އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން މިރެއާއި ހަމައަށް މިބިންހެލުންތައް ދެމިގެން ގޮސްފައިވެއެވެ. މިބިންހެލުންތައް ރެކޯޑް ކުރެވިފައިވަނީ 3.5 އަދި 5.8 ދެމެދުގެ މެގްނެޓިއުޑްގެ ބާރުމިނުގައެވެ.

“ދަ ބްލާންކޯ ފުރެކްޗާރ ޒޯން“ ގެ ނަމުން މަޝްހޫރުވެފައިވާ ކަނޑުގެ އެސަރަހައްދަކީ އާންމުގޮތެއްގައި ބިންހެލުންތައް އަންނަ ސަރަހައްދެކެވެ. މި ބިންހެދުންތައް ރެކޯޑް ކުރެވެމުން ދަނީ އެއް ސަރަހައްދެއްގެ ތެރޭގަ އެވެ.

އެމެރިކާގެ ނޭޝަނަލް ސުނާމީ ވާނިންގ ސެންޓަރުން ބުނެފައިވަނީ މި ބިންހެލުންތަކާއި ގުޅިގެން ސުނާމީއެއް އަރާނެކަމަށް ނުބެލެވޭ ކަމަށެވެ.

މިއީ މިހާތަނަށް އެމެރިކާގެ އުތުރު ހުޅަނގުގައި ހިމެނޭ ސަރަހައްދުތަކަށް މިހާގިނަ ބިންހެލުންތައް ދެދުވަސް ތެރޭގައި މިހާ ކައިރި ކައިރިން އައިސްފައިވާ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ޖެނުއަރީގައިވެސް ކެލިފޯނިއާގެ ދެކުނުގައި އޮންނަ ސޯލްޓަން ސީ ކިޔާ ސަރަޚައްދަކަށް ވަނީ މިގޮތަށް އެކު އެކީގައި ބިންހެލުންތަކެއް އައިސްފައެވެ.

އެޓީމްތަކުން އިތުރަށް ބުނެފައިވަނީ މިހާ ކައިރި ކައިރިން މިއަންނަ ބިންހެލުންތަކުން އިންޒާރުދެނީ އަވަސް މުސްތަގުބަލެއްގައި އެސަރަހައްދަށް ބޮޑު ބިންހެލުމެއް އައިސް ދާނެ ކަމަށެވެ.

1970 ވަނަ އަހަރުން ފެށިގެން މިއަދާއިހަމައަށް 4.0 މެގްނެޓިއުޑް އިން މަތީގެ 1500 އަށްވުރެއްގިނަ ބިންހެލުން އެސަރަހައްދުން ރެކޯޑު ކުރެވިފައިވެއެވެ.