މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން, އައްޑޫ ސިޓީގެ ހުޅުމީދޫއާއި ފޭދޫއާ ދެމެދު ސައިކަލް ފެރީގެ ހިދުމަތް ފަށައިފިއެވެ.

އެ ކުންފުނިން ބުނިގޮތިގައި މި ދަތުރުތައް ފެށީ މިއަދުއެވެ. މި ހިދުމަތް ދިނުމުގައި ބޭނުންކުރާ ސައިކަލް ފެރީގައި 15 ސައިކަލުގެ ޖާގައިގެ އިތުރުން 60 ފަސިންޖަރުން އުފުލޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

ދިޔަވަރަށް އަންނަ ބަދަލުތަކާއެކުވެސް ސައިކަލުތައް ފެރީއަށް އެރުވުމަށްޓަކައި އެކަމަށް ހާއްސަ ލިފްޓެއް ފޭދޫ އަދި ހުޅުމީދޫގައި ވަނީ ބަހައްޓާފައެވެ.

ސައިކަލު ފެރީގެ ހިދުމަތަށް އެމްޓީސީސީން ނަގަން ނިންމާފައި ވަނީ 20 ރުފިޔާއެވެ.

އެމްޓީސީސީން ބުނީ, ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ސައިކަލު ފެރީގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.