ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން 29 ޒުވާނުންނަށް ވަޒީފާގެ މާހައުލުގައި ތަމްރީން ދޭން ޔޫތު މިނިސްޓްރީއާއެކު އެއްބަސަވެއްޖެއެވެ.

މިއަދު ވެމްކޯގައި ބޭއްވި ރަސްމިއްޔާތެއްގަައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ.

Ad
rt

މިއީ ދިވެހި ޒުވާނުން އެކި ދާއިރާތަކުން ތަމްރީން ކުރުމަށަ ޔޫތު މިނިސްޓްރީން ހިންގާ ނޭޝަނަލް އެޕްރެންޓިސްޝިޕްގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން 29 ޒުވާނުންނަށް ހަ މަސް ދުވަހުގެ ތަމްރީން ދޭނެއެވެ.

މި ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގައި ބައިވެރިންނަށް އެލަވެންސެއްވެސް ލިބޭނެއެވެ. އަދި ޕްރޮގްރާމް ނިންމާ މީހުންނަށް ވަޒީފާގެ ފުރުސަތުތައްވެސަ ހުޅުވިގެންދާނެއެވެ.