ބައްޔެއް ފެތުރި ނުރައްކާތެރި ޙާލަތެއް މެދުވެރި ވެދާނެތީ “ދޮންގޮއްޔެ” ބްރޭންޑް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި އެވެ.
“ދޮންގޮއްޔެ” ބްރޭންޑް ބޭނުން ކުރުމާއި ވިއްކުން މަނާކޮށްފައިވަނީ މޯލްޑިވްސް ފުޓް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ.
އެނޫސްބަޔާނުގައި ބުނެފައިވަނީ އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާ އަކާއި ގުޅިގެން “ދޮންގޮއްޔެ” ބްރޭންޑް އުފައްދާ ތަން އެއޮތޯރިޓީން ވަނީ އިންސްޕެކްޓް ކޮށްފައިކަމަށެވެ. މި އިންސްޕެކްޝަންގައި ތަނުގެ އާއްމު ސާފުތާހިރުކަން ވަރަށް ދަށްކަން ފާހަގަކުރެވިފައިވާކަމަށް އެއޮތޯރިޓީން ބުނެ އެވެ.
އެހެންކަމުން މި ކާބޯތަކެތި ތައްޔާރުކުރާތަން އިސްލާޙު ނުކޮށް އެތަނުން އުފައްދާ އަދި ބަންދުކުރާ ތަކެތި ބޭނުންކުރުމަކީ އޭގެ
ސަބަބުން އާއްމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރުވާ އަދި ކާބޯތަކެތީގެ ޒަރީޢާއިން ބައްޔެއް ފެތުރޭފަދަ ނުރައްކާތެރި ޙާލަތެއް
މެދުވެރި ވުމުގެ ފުރުޞަތު އޮތްކަމެއްކަމަށް ބުނެއެވެ.
”މިހާތަނަށް ބާޒާރުގައި ހުރި މި ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއް ކަމުގައި އާއްމުގެ އަންގާ އިޢުލާން ކުރީމެވެ. އަދި މިތަކެތި ބޭނުން ނުކުރުމަށް ވެސް އިލްތިމާސް ކުރަމެވެ.”
އެނޫސްބަޔާނުގައި ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!