ހއ. ފިއްލަދޫގައި ގެވެށި އަނިޔާއާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ފަށައިފިއެވެ.

ފިއްލަދޫ ސްކޫލްގެ ބެލެނިވެރިންނަށް ހާއްސަކޮށް އެރަށުގައި ކުރިއަށްގެންދާ މި ސެޝަންތަކަކީ މިނިސްޓްރީ އޮފް ޖެންޑަރ ، ފެމިލީ އެންޑް ސޯޝަލް ސަރވިސް ގެ ފަރާތުން ކުރިއަށްގެންދާ ސެޝަންތަކެކެވެ.

Ad
rt

އެގޮތުން މި ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހު ފަށާފައިވާ މި ސެޝަންތައް މާދަމާއާއި ހަމައަށް ކުރިއަށް ދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިޕްރޮގްރާމްގެ ދަށުން ފުރަތަމަ ސެޝަން އިއްޔެ ކުރިއަށް ގެންގޮސްފައި ވާއިރު އެސެޝަނުގައި ކުޑަކުދިންނަށް ކުރާ އަނިޔާ އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެކުރުމުގެ ޤާނޫނާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައި ވާނެއެވެ.

ފިއްލަދޫ ސްކޫލްގައި މިއަދު 2 ވަނަ ސެޝަން ކުރިއަށް ގޮސްފައި ވާއިރު މި ސެޝަން ހާއްސަ ކޮށްފައިވަނީ އެސްކޫލްގެ ގްރޭޑް 1 އިން ފެށިގެން 5 ގެ ދަރިވަރުންގެ ބެލެނިވެރިންނަށެވެ.

މި ސެޝަނުގައި ގެވެށި އަނިޔާ ހުއްޓުވުމާއި ގެވެށި ގުޅުމުގެ މުހިއްމު ކަމުގެ އިތުރަށް ކުދިން ބެލެހެއްޓުމުގައި ބެލެނިވެރިން ސަމާލުވާން ޖެހޭ ކަންކަން ހިއްސާ ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެއިތުރުންވެސް އެ މިނިސްޓްރީގެ ފަރާތުން ނ. ފޮއްދޫ ގައިވެސް ގެވެށި އަނިޔާއަށް ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ފަށާފައިވާކަން ފާހަގަ ކޮށްލެވެއެވެ.