އުތުރުގެ 8 ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އަތޮޅު ތެރޭގެ 12 ސްކޫލަކަށް ޕްރިންސިޕަލުން ހޯދުމަށް އެމިނިސްޓްރީން އިއުލާން ކޮށްފައިވަނީ މިއަދު އެވެ.

Ad
rt

އެގޮތުން ޕްރިންސިޕަލުން ހޯދުމަށް އިޢުލާން ކޮށްފައިވަނީ ހއ. ފިއްލަދޫ ސުކޫލު، ހއ. ވަށަފަރު ސުކޫލު، ހއ. ބާރަށު ސުކޫލު، ހދ. ހިރިމަރަދޫ ސުކޫލު، ހދ. އަތޮޅު ތައުލީމީ މަރުކަޒު، ހދ. ނޭކުރަންދޫ ސުކޫލު، ށ. ގޮއިދޫ ސުކޫލު، ށ. މަގޫދޫ ސުކޫލު، ރ. ފައިނު ސުކޫލު، ވާދޫ ޖަމާލުއްދީން ސުކޫލް، ގއ. ކޮނޑޭ ސުކޫލު އަދި މ. އަތޮޅު ތައުލީމީ މަރުކަޒު އަށޭވެ.

މި އިއުލާންގައިވާ ގޮތުން އެންމެ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ 13.30ގެ ކުރިން އެ މަގާމުތަަކަށް ކުރިމަތިލާންޖެހެ އެވެ. ޕްރިންސިޕަލުންގެ މަގާމަށް ކުރިމަތިލުމަށް ނުވަ ރޭންކެއް ކަނޑައަޅާފައިވެ އެވެ. މީގެ ތެރެއިން އެންމެ ދަށް ރޭންކުން އެ މަގާމަށް ހޮވޭ މީހަކަށް ވެސް އަސާސީ މުސާރައިގެ ގޮތުގައި 6295 ރުފިޔާ ކަނޑައަޅާފައިވައިރު އެ ރޭންގެ ޕްރިންސިޕަލަކަށް ސާރވިސް އެލަވަންސްގެ ގޮތުގައި 2500 ރުފިޔާ އަދި ކޯ ސަޕޯޓިން އެލަވަންސްގެ ގޮތުގައި 900 ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ޕްރިންސިޕަލުންގެ އެންމެ މަތީ ރޭންކަށް ކަނޑައަޅާފައިވާ އަސާސީ މުސާރައަކީ 15560 ރުފިޔާ އެވެ. އަދި އެ ރޭންގެ ޕްރިންސިޕަލަކަށް ސާރވިސް އެލަވަންސްގެ ގޮތުގައި 2500 ރުފިޔާ އަދި ކޯ ސަޕޯޓިން އެލަވަންސްގެ ގޮތުގައި 1500 ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ބިޖޭސީން ތިބި މަގާމުތަކަށް ދިވެހި ޓީޗަރުންނާއި ދިވެހި ޕްރިންސިޕަލުން ހޯދުމަށް މިނިސްޓްރީއިން އަންނީ ދޭތެރެދޭތެރެއިން އިޢުލާން ކުރަމުންނެވެ. މިމަޤާމްތަކަށް ދިވެހިން ނުލިބޭ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.