ސެންޓާރާގެ އާ ރިސޯޓުގައި ހިމެނޭ ތިން ރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްކައި ނިންމާލައިފިއެވެ.

މި ތިން ރަށް ހިއްކައި ނިންމުން ފާހަގަ ކުރުމަށް ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްގައި ހާއްސަ ރައްމިއްޔާތެއް ވަނީ އިއްޔެ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން ވައްޓަރުފަޅު ފަރުގައި އޮންނަ ތިން އާޓީފުޝަލް ރަށެއްގެ ބިން ވަނީ ހިއްކާފައެވެ. އެމްޓީސީސީން ބުނީ އެއިން ކޮންމެ ރަށެއްގެ 7 ހެކްޓަރުގެ ސަރަހައްދެއް އޮންނަ ކަމަށެވެ.

މިއީ 26.29 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

ލެގޫން ޕްރައިވެޓް ލިމިޓެޑުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއަކީ އެޓީސީސީގެ 40 އަހަރުގެ ދިގު ތާރީހުގައި ބައިނަލްއަގްވާމީ ކްލައިންޓަކަށް ނިންމައިދިން އެންމެ އަގުބޮޑު މަޝްރޫއެވެ.