ތާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭން ފަށައިފިއެވެ.
ތާލިބާނުން ހާމަކޮށްފައިވާ ގޮތުގައި އެމީހުން އެގައުމުގައި ވެރިކަން ކުރަން ފެށި އިރުވެސް ސަރުކާރުގެ މުވައްޒަފުންނާއި އެހެނިހެން ސަރުކާރާއި ގުޅުންހުރި ސޯޝަލް ވޯކަރުންގެ މުސާރަތައް ނުދެވި ހުރިކަން ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް މިހާރު ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭން ފަށާފައިވާކަމަށާއި، މުވައްޒަފުންނަށް މުސާރަ ނުދެވި އެތައް މަހެއް ފާއިތުވެގެން ގޮސްފައިވަނީ އެގައުމުގެ އިޤްތިޞާދަށް ދިމާވެފައިވާ ހީނަރުކަމުގެ ސަބަބުންކަމަށް ވަނީ ހާމަކޮށްފައެވެ.
އަފްޣާނިސްތާނުގެ ފިނޭންސް މިނިސްޓްރީގެ ތަރުޖަމާނާއި ހަވާލާދީ ބައިނައްލަޤްވާމީ ނޫސްތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ތާލިބާނުން ވަނީ އާދިއްތަ ދުވަހުން ފެށިގެން މުސާރަ ނުދެވިވާ ހުރިހާ މުވައްޒަފުންނަށް ފާއިތުވެދިޔަ އޮގަސްޓް މަހާއިއެކު 3 މަހުގެ މުސާރަ އެއްކޮށް ދިނުމަށް ނިންމާފައެވެ.
އަފްޣާނިސްތާނުގެ ކުރީ ސަރުކާއު ވެއްޓުމާއި އެކު އެގައުމުގެ ބެންކިންގ ސިސްޓަމް ވަނީ ބުރާއަރާފައިކަމަށާއި ތަރުޖަމާނު އަޙްމަދު ވަލީ ހަގްމަން ވަނީ ވިދާޅުވެފައެވެ. އެގައުމުގެ ބެންކިންގ ސިސްޓަމްތަކަށް ދިމާވި މައްސަލަތަކާއި އެކު ބެންކުތަކުން އެކައުންޓްތައް ހުޅުވާފައިވާ މީހުންނަށް ފައިސާ ދޫކުރާ އުސޫލްތަކަށް ބަދަލުތައް ގެނެސް ދުވާލެއްގެ މައްޗަށް ބޭންކްއިން ނަގާ ފައިސާގެ ލިމިޓްވެސް ވަނީ 200 އާއި 400 އެމެރިކާ ޑޮލަރަށް ކުޑަކޮށްފައެވެ.
ވޯލްޑް ބޭންކްއާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން އަފްޣާނިސްތާނަށް ފަންޑުތައް ދޭން ފެށުމާއި އެކު އެމެރިކާއިން ކާބުލްގައި ހުރި ބޭންކުތަކުގް ފްރީޒްކޮށްފައިވާ ފަންޑުތަކުގެ މައްސަލައަށް ވަނީ ހައްލު ލިބިފައެވެ. ވޮޝިންގްޓަން އިން ވަނީ ކާބުލްގައި ހުރި 10 ބިލިއަން އެމެރިކާ ޑޮލަރުގެ އެސެޓްތައް ފްރީޒްކޮށްފައެވެ.
އަފްޣާނިސްތާން ސަރުކާރުގެ ރެވެނިއު ޑިޕާޓްމެންޓްގެ ތަރުޖަމާނު ހާމަކޮށްފައިވާ ގޮތުގައި ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެމުން އަންނަނީ ފާއިތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި 26 ބިލިއަން ރައްޔިތުންގެ އަތުން ދަޢުލަތަށް ލިބިފައިވާ 277 މިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއިންކަމަށެވެ.
އިޤްތިޞޯދުގެ 20 ނުވަތަ 25 އިންސައްތަ މިހާރު ވަނީ ރުޖޫޢަ ކުރެވިފައެވެ. ފަޤީރުންނަށާއި ޔަތީމުންނަށް އެހީވުމަށް ދައުލަތުން އިސްލާމިކް ޓެކްސް ފަންޑުތަކެއް އެކުލަވާލުމަށް ޕްރޮޖެކްޓްތަކެއް ރާވަމުން އަންނަކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!