މީގެ ކުރިން ފެނިފައިނުވާވަރުގެ އާދަޔާއި ހިލާފަށް ބޮޑު، ނުރައްކާތެރި ފައިދިގު މަކުނުގެތެރޭގައި ހިމެނޭ "ފެނަލް ވެބް ސްޕައިޑާ" އެއް އޮސްޓްރޭލިއާއިން ފެނިއްޖެ އެވެ.
މި ފައިދިގު މަކުނަކީ އިންސާނުންގެ ނިޔަފަތީގައިވެސް ދަތް އެޅޭހާ ތޫނު ދަތްތަކެއް ހުރި ވިހަދަގަ ބޮޑު ފައިދިގު މަކުނެއްކަމަށް އޮސްޓްރޭލިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.
އާންމު ފައިދިގު މަކުނެކޭ އެއްފަދައިން 8 ފަޔާއި ތޫނު ދަތްތަކެއް ހުރި ނަމަވެސް އެހެން ފައިދިގު މަކުނުތަކާއި ޚިލާފަށް މި މެގަ ސަޕައިޑާއަށް އިންސާނުންގެ ނިޔަފަތި ފޫ އަޅުވާލެވޭ ވަރުގެ ވަރުގަދަ ދަތްތަކެއް ވަނީ ލިބިފައެވެ.
މިއީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ދި އޮސްޓްރޭލިއާ ރެޕްޓައިލް ޕާކުގެ ޕަބްލިކް ޒޫ އަށް ސިޑްނީގެ ސެންޓްރަލް ކޯސްޓް އެންޑް ނިއު ކާސަލް އިން ހިފައިގެން ގެނެސްފައިވާ ފައިދިގު މަކުނެކެވެ. އޮސްޓްރޭލިއަން ޕާކުގެ ޒުލުގައި ގިނަ އަދަދެއްގެ ފައިދިގު މަކުނު ބޭނުން ކޮށްގެން އެންޓި ވިނޯމް (ވިހަގަދަ ޖަނަވާރު ހެފުމުން އިންސާނުންނަށް ދެވޭ އިންޖެކްޝަން ވިނޯމް) އުފައްދައެވެ. އެހެން ކަމުން އެ ޒުލުގައި ގިނަ އަދަދަކަށް ފައިދިގު މަކުނު ވިނޯމް ނެގުމަށް ބޭނުންކުރާކަމަށް އެ ޕާކުން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް މިފަހަރު އެ ޒުލަށް ގެނައި ފައިދިގު މަކުނު ވެގެންގޮސްފައިވަނީ އެތަނުގައި ތިބި މަކުނުތަކާއި ޚިލާފަށް ސައިޒުންވެސް ބޮޑު ފައިދިގު މަކުނަކަށެވެ. އެގޮތުން މި އަރަޗްނިޑް ސްޕައިޑާގެ ދިގު މިނުގައި 3 އިންޗި ހުންނަ ކަމަށާއި އާންމު ގޮތެއްގައި ފަނެލް ވެބް ސްޕައިޑާސްގެ ދިގު މިނަކީ 0.4 ނުވަ 2 އިންޗިއާއު ދެމެދުގެ ދިގުމިނެކެވެ. މި ބާވަތުގެ ފައިދިގު މަކުނު ގިނައިން ހުންނަނީ ގަދަ ޗޮކްލެޓް ނުވަތަ ގަދަ ކަޅު ކުލައެއްގައެވެ.
MEET "MEGASPIDER": A zoo in New South Wales. Australia received a donation of a giant funnel web spider. It measured more than 3 inches, with fangs that were almost an inch in length, prompting the keepers to name it a “megaspider." pic.twitter.com/5JxQDwgCOZ
— CBS News (@CBSNews) November 15, 2021
އޮސްޓްރޭލިއަން ރެޕްޓައިލް ޕާކުގައި މަސައްކަތްކުރަމުން އަންނަ އެޑިއުކޭޝަން އޮފިސަރު މައިކަލް ޓޭޓް ބުނެފައިވާ ގޮތުގައި އޭނާ އެތަނުގައި މަސައްކަތްކުރާތާ 30 އަހަރުވެފައިވާއިރު، މިފަދަ ބޮޑު ފެނަލް ވެބް ސްޕައިޑާއެއް ދެކެފައިނުވާކަމަށެވެ. އަދި އަރްޗްނިޑް މެގަ ސްޕައިޑާ އަކީ އަންހެން ފައިދިގު މަކުނެއްކަމަށް ބުނެފައިވެއެވެ. ނަމަވެސް މިއީ ސީދާ ކޮންތާކުން ފެނިފައިވާ އެއްޗެއްކަމެއް އަދި މިހާތަނަށް އެނގިފައި ނުވާކަމަށް ހާމަކޮށްފައިވެއެވެ.
އޮސްޓްރޭލިއާގެ ހުޅަނގުން 40 ބާވަތެއްގެ ފައިދިގު މަކުނު ފެނިފައިވާއިރު، މީގެ ތެރެއިން ބައެއް މަކުނު ކަށި ޖެހުމުން 15 މިނިޓުގެ ތެރޭގައި އިންސާނުން މަރުވާކަމަށް ދިރާސާތަކުން ދައްކައެވެ.
Meet Australia's "Megaspider," with fangs capable of piercing human fingernails https://t.co/l3Wdl41cUo pic.twitter.com/dpUwQeewqI
— CNN (@CNN) November 16, 2021
1950 ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއަން ރެޕްޓައިލް ޕާކުގައި އަންނަނީ ފައިދިގު މަކުނު ބޭނުންކޮށްގެން އެންޓި ވިނޯމް އުފައްދަމުންނެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ވަނީ ފަނެލް ވެބް ސްޕައިޑާސް ކަށި ޖެހުމުން 25،000 މީހުން ސަލާމަތްކޮށްފައެވެ. އަދި އަހަރެއްގެ މައްޗަށް 300 މީހުންގެ ފުރާނަ އެންޓި ވިނޯމް ބޭނުންކޮށްގެން ސަލާމަތްކޮށްފައިވާކަމަށްވެސް އެ ޕާކުން މަޢުލޫމާތުދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!