ހއ. އުލިގަމު ކޮށިކޮޅު ސަރަހައްދަކީ އެރަށު ކައުންސިލުންގެ ބެލުމުގެ ދަށުގައިވާ ތަނެއް ކަމުގައި ސަރުކާރުން ހަމަޖައްސަވައިފިއެވެ.

އެރަށު ކައުންސިލުން މިއަދު ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް ލިބިފައިވާ ބާރުގެ ދަށުން އުލިގަމުގެ ހުރިހާ ބިންތަކާއި ފަޅަކީ އުލިގަމުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަންކަމުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން މީގެ ކުރިން އުލިގަމުގައި ސިޓީހޮޓަލެއް ހެދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އަށް ދޫކޮށްފައިވާ ބިމަކީ ވެސް މިހާރު އުލިގަމުގެ ކައުންސިލާއި ހަވާލުކޮށްފައިވާ ތަނެއް ކަމަށް އެކައުންސިލުން ވަނީ އަންގާފައެވެ.

މީގެ އިތުރުން ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ސަރަހައްދަކުން ގަސްރުކާއި އެހެންވެސް ބޭނުމެއް ކުރުމުގެ ކުރިން ކައުންސިލްގެ ހުއްދަ ހޯދުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެ ސަރަހައްދުތަކުގައިވާ އިމާރަތްތަކާއި އެ އިމާރާތްތަކުގެ ތެރޭގައިވާ އެއްވެސް އެއްޗެއް ކައުންސިލްގެ ހުއްދަ ނެތި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމުގައި ވަނީ އަންގާފައެވެ.