ލަންޑަނުގައި 1000 ފޫޓުގެ ސްކައި ސްކްރެޕަރއެއް ހެދުމަށް އެކުލަވާލި ޕްލޭން އިނގިރޭސިވިލާތުގެ ސަރުކާރުން ބޭރުކޮށްލައި އެމަސައްކަތް ހުއްޓުވައިފި އެވެ.

“ޓިއުލިޕް ޓަވަރު” ނަމުން ނަންދީފައިވާ މި ސްކައި ކްރެޕަރ ހެދުމަށް ލަންޑަން ސިޓީގެ ކޯޕަރޭޝަނަކުންވަނީ ހުއްދަދީފަ އެވެ. ނަމަވެސް އިނގިރޭސި ސަރުކާރުގެ ޕެނަލަށް ފޮނުވުމުންވަނީ މި ޓަވަރުގެ ލިޔެކިޔުންތައް ދިރާސާކޮށް މި ޕްލޭން ބާތިލްކޮށްފަ އެވެ.

Ad
rt

މިޕްލޭން ބޭރުކޮށް މިކން ހުޓުވުމުގައި އިސްކޮން ހުރީ ލަންޑަންގެ މޭޔަރެވެ. އެގޮތުން މޭޔަރު ލިޔެކިޔުންތައް ބާތިލްކޮށްފައިވަނީ އެ އިމާރާތުގެ ކުރެހުންތަކުގައި ފެންވަރު ދަށްކަމަށް ފާހަގަކޮށް ޓަވަރުގެ ސަބަބުން ލަންޑަންގެ އާސާރީ ގެރްކިން ޓަވަރަށް ގެއްލުންވާނެކަމަށް ބުނެއެވެ.

މިގެ އިތުރުން މޭޔަރުގެ ޓީމްއިން ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ފޮސްޓާ ޕްލަސް ކޯޕަރޭޝަނުން ކުރަހާފައިވާ ކުރެހުމަށް ބަލައި މި ޓަވަރު ހެދުމަށް އެންމެ ފުރަތަމަވެސް އެއްބަސް ވެވިގެން ނުވާނެކަަން ފާހަގަކޮށްފައިވެއެވެ. އަދި ކުރެހުންތަަކަށް ކޮށްފައިވާ ޚަރަދުތަކަށްވެސް މޭޔަރުވަނީ ފާޑު ކިޔާފަ އެވެ.

މީގެ އިތުރުން ޓަވަރުގެ ލިފްޓްތަކާއި އިމާރާތް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަަށް ދަތިތަކާއި ކުރިމަތިވާނެކަން ވަނީ ފާހަގަކޮށްފައެވެ. އަދި ޓަވަރު ހެދުމަށް ބޭނުންކުރާނެ ތަކެތި އުފެއްދުމުން ޖައްވަށް ބޭރުވާނެ ވިހަ ގޭސްތަކުގެ ވާހަކަވެސް މޭޔަރުގެ މަޝްވަރާތަކުގައި ފާހަގަކޮށްފައިވެއެވެ.

ލަންޑަން މޭޔަރު އޮފީހުގެ ތަރުޖަމާނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ފޮސްޓާ ޕްލަސް ކޯޕަރޭޝަނުން ފޮނުވާފައިވާ ލިޔެކިޔުންތަކުގައި ޓިއުލިޕް ޓަވަރުގެ ސަބަބުން މުޅި ލަންޑަން މަތިން ފެނުމުގެ އިތުރުން މި އިމާރާތުގެ ސަބަބުން އާންމުނަށް ލިބޭ ފައިދާތައް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އޮފީސްތަައް ހެދުމުގެ ޖާގަ ލިބުމުގެ އިތުރުން މީހުން ދިރިއުޅުމަށްވެސް ޓަވަރު ބޭނުން ކުރެވޭނެ ގޮތައް ޓަވަރު ފަރުމާކޮށްފައިވާކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

2019 ވަނަ އަހަރު ސަރުކާރުގެ ކޯޕަރޭޝަނަކުން ހުއްދަދީ މޭޔަރުގެ އޮފީހަށް ޕްލޭން ފޮނުވާފައިވާ ފޮސްޓާ ޕްލަސް ޕާޓްނާސްއިން ބުނެފައިވާ ގޮތުގައި ލަންޑަން ސަރުކާރުގެ ސަބަބުން ލަންޑަން ސިޓީއަށް މި ގެއްލުނީ ރަނުގެ ފުރުސަތެކެވެ.