ހދ. ވައިކަރަދޫގައި މަސްމާރުކޭޓްގެ އިމާރާތް ހެދުމުގެ މަސައްކަތް، އެ ރަށު ކައުންސިލުން ހުށަހަޅާ ބީ.އޯ.ކިޔު އާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ.
އެގޮތުން އެއިދާރާއިންދޭ ބީ.އޯ.ކިޔުއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަސްމާރުކޭޓު އިމާރާތް ކުރުމުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 4 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް އެރަށު ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށާއި 1 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި އެއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުވުމަށް ކައުންސިލްގެ އިޢުލާނުގައި ވަނީި ބުނެފައިވެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނީ، ކަނޑައެޅިފައިވާ ގަޑީގެ ކުރިން ނުވަތަ ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމަށާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށާއި، އަންދާސީހިސާބު ހުށަހަޅަން ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ކަމަށްވެސް އެފަރާތުގެ އިޢުލަނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި އެއިދާރާގެ ނަމްބަރު 6520046 ފޯނާއި ގުޅުއްވާ މައުލޫމާތު ސާފުކުރުމަށް އެފަރާތުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!