އުތުރުގެ 6 ރަށެއްގައި، ޒަމާނީ ފެންވަރުގެ އައުޓްޑޯރ ވޮލީކޯޓް އެޅުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ބަޔަކާއި ހަވާލުކޮށްފި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 25 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން އެނިސްޓްރީން އިޢުލާން ކުރީ މި އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ.
ހދ. އަތޮޅުން އައުޓްޑޯ ވޮލީކޯޓް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހދ. ފިނޭ، ހދ. ކުޅުދުއްފުށި ސިޓީ، ހދ. ކުމުންދޫ އަދި ހދ. ނޭކުރެންދޫ އެވެ. ށ. އަތޮޅުން މިކޯޓް އެޅުމަށް ހަމަޖެހިފައިވަނީ 2 ރަށެއްގަ އެވެ. އެއީީ ށ. ފުނަދޫ އާއި ށ. މިލަންދޫ އެވެ.
މިއެއްބަސްވުންތަކުގައި އެމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު އިބްރާހީމެވެ. އަދި އެކި ކޯޓްތައް ހަވާލްކޮށްފައިވަނީ އެކި ފަރާތްތަކާއެވެ.
ވޮލީ ކޯޓު އެޅުމަށް ދެން އިތުރަށް ކޮންޓްރެކްޓުގައި ސޮއިކުރި ރަށްތަކަކީ ބ. ކެންދޫ، ގޮއިދޫ، ވ. ފެލިދޫ، ފުލިދޫ، ކެޔޮދޫ، ފ. މަގޫދޫ، ނިލަންދޫ، ތ. ހިރިލަންދޫ، މަޑިފުށި، ގއ. ވިލިނގިލި، ގއ. ދާންދޫ، ނިލަންދޫ، ކޮލަމާފުށި، ޅ. ހިންނަވަރު ކ. ތުލުސްދޫ، މ. ދިއްގަރު، ލ. ފޮނަދޫގެ އިތުރުން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއެވެ. މި ކޯޓްތަކުގެ އިތުރުން މާލޭގައި 3 ކޯޓް އެޅުމަށް ވަނީ ނިންމާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފާއި ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރަނޭޝްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!