މެޓަ ކުންފުނިން ފޭސްބުކްގެ ފޭޝަލް ރިކަގްނިޝަން ސިސްޓަމް އުވާލައި 1 ބިލިއަން ޔޫޒަރުންގެ ފޭސް ޕްރިންޓް ޑިލީޓްކޮށްލަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމްކަމަށްވާ ފޭސްބުކް އިން ފޭޝަލް ރިކަގްނިޝަން ސިސްޓަމް އުވާލުމަށް ނިންމާފައި މިވަނީ ފޭސް ރިކަގްނިޝަންގެ ސަބަބުން ބޮޑު ޖީލެއް ހަލާކުވެ ހިނގައްޖެ ކަމަށް ބުނެ އެކި ފަރާތްތަކުން ޝަކުވާކުރަމުން ދަނިކޮށެވެ.

Ad
rt

ފޭސްބުކްގެ އާޓިފިޝަލް އިންޓެލިޖެންސްގެ ނައިބު ރައީސް ޖެރޯމް ޕެސެންޓީ އޭނާގެ އަމިއްލަ ބްލޮގްގައި ލިޔެފައިވާ ގޮތުގައި، ފޭޝަލް ރިކަގްނިޝަންއާއި ބެހޭ ގަވައިދުތައް ދިރާސާކުރުމުގެ މަސައްކަތް އަދިވެސް ރެގިއުލޭޓަރުން ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ. ފޭޝަލް ރިކަގްނިޝަން ސިސްޓަމްއާއި ދެކޮޅަށް މީހުން ވަކާލާތުކުރަމުން އަންނަ ދަނޑިވަޅެއްގައި އެންމެ ރަގަޅު ގޮތަކީ މިވަގުތައް އެ ފީޗަރ އުވާލުންކަމުގައި ބުނެފައިވެއެވެ.

ފޭޝަލް ރިކަގްނިޝަން ސިސްޓަމްއަކީ ރީޓެއިލަރުންނާއި، ހޮސްޕިޓަލްތަކާއި އަދި ބޮޑެތި ވިޔަފާރިތަކުގައި ސެކިއުރިޓީއަކަށް ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ.

ނަމަވެސް ދާދި ފަހުން އައި.ބީ.އެން އިންވެސް ވަނީ އެކުންފުނީގެ އުފެއްދުންތަކުން ފޭޝަލް ރިކަގްނިޝަން ސިސްޓަމް އުވާލާފައެވެ. އަދި މައިކްރޯސޮފްޓް އަދި އެމޭޒަންއިން ވެސް ވަނީ އެކުންފުނިތަކުގެ އުފެއްދުންތަކުން މި ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ފޭސްބުކް ހިންގާ ކުންފުނީގެ ނަން ބަދަލްކޮށް ފޭސްބުކް އަށްވެސް ބޮޑެތި ބަދަލްތަކެއް ގެންނަމުން މި އަންނަނީ ފޭސްބުކް އާއި ބެހޭ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ފޭސްބުކް ބޭނުންކުރާ މީހުންގެ ނިސްބަތުން ގާތްގަނޑަކަށް 1/3 މީހުން ފޭޝަލް ރިކަގްނިޝަންގެ ހިދުމަތް ބޭނުންކުރަމުން އަންނަ އިރު، މި ހިދުމަތް އުވާލައި އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ދުނިޔޭގެ ހުރިހާ ހިސާބުތަކުން މި ދުމަތް ބޭނުންކުރަމުން އަންނަ 1 ބިލިއަން މީހުންގެ ފޭސް ރިކޮގްނިޝަން ޓެންޕްލޭޓް ޑިލީޓްވާނެކަމަށް ފޭސްބުކް އިން ހާމަކޮށްފައިވެއެވެ.

ފާއިތުވި ހަފްތާގައި ފޭސްބުކް ހިންގާ ކުންފުނީގެ ނަންނަ ވަނީ "މެޓަ"އަށް ބަދަލްކޮށްފައެވެ.