ދުނިޔޭގެ ހައިހޫނުކަން ނައްތާލުމަށް ބޭނުންވަނީ ފައިސާ ނަމަ، ޔޫ.އެންއަށް އެހީވާން ތައްޔާރަށް ހުރިކަމަށް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި މިވަގުތު ހުރި، ޓެސްލާ ކުންފުންޏާއި އާއި ސްޕޭސް އެކްސްގެ ވެރިޔާ އިލޮން މަސްކް ބުނެފިއެވެ.
އިލޮން މަސްކް މިހެން ބުނެފައިވަނީ، ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން)އިން ދުނިޔޭގެ ހައިހޫނުކަން ނައްތާލުމަށް އެހީވުމަށް ދުނިޔޭގެ މުއްސަނދިންނަށް ގޮވާލާފައި ވަނިކޮށެވެ.
ޔޫ.އެންގެ ވޯލްޑް ފުޑް ޕްރޮގްރާމް ހިންގުމަށް ބޭނުންވަނީ މަސްކް ފަދަ ބޮޑެތި މަހުޖަނުންގެ އެހީކަމަށް ޔޫ.އެންގެ ޑައިރެކްޓާ ޑޭވިޑް ބީސްލީ ވަނީ ފާއިތުވީ މަހުގެ ތެރޭގައި ކޮށްފައިވާ ޓްވީޓްއެއްގައި ބުނެފައެވެ. އަދި މިކަމާއި ގުޅިގެން އެލަން މަސްކް ޓްވިޓާ މެދުވެރިކޮށް ބުނެފައިވަނީ، ދުނިޔޭގެ ހައިހޫނުކަން ނައްތާލުމަށް ފައިސާ ބޭނުންވާ ނަމަ އޭނާ އޭނާ ހުރީ ޓެސްލާ ކުންފުނީގެ ސްޓޮކް ވިއްކައިގެންވެސް އެކަން ކުރަން ތައްޔާރަށްކަމަށް ބުނެ ޔޫ.އެންގެ ޑައިރެކްޓަރަށް ރަށްދުދީފައެވެ.
ޔޫ.އެންގެ ޑައިރެކްޓާ ބީސްލީ ވަނީ ދުނިޔޭގައި ހައިހޫނުކަން ތަހައްމަލްކުރަމުން އަންނަ 42 މިލިއަން މީހުންނަށް ބޭނުންވަނީ ގާތްގަނޑަކަށް 6 ބިލިއަން އެމެރިކާ ޑޮލަރުކަމަށާއި، މިކަން އެންމެ ފަސޭހައިން ކުރެވޭނީ ދުނިޔޭގެ މަހުޖަނުންކަމަށްވާ އެލަން މަސްކްއާއި އެމޭޒަންގެ ފައުންޑާ ޖެފް ބެޒޯސް ފަދަ ބްލޫމްބާގް ބިލިއަނާސް ލިސްޓްގައި ހިމެނޭ މަހުޖަނުންނަށް ގޮވާލާފައެވެ.
މިކަމާއި ގުޅިގެން މަސްކް ކޮށްފައިވާ ޓްވީޓްގައި އޭނާ އިތުރަށް ބުނެފައިވަނީ، ދުނިޔޭގެ ހައިހޫނުކަން ނައްތާލުމަށް ބޭނުންވަނީ އެންމެ 6 ބިލިއަން އެމެރިކާ ޑޮލަރުކަަމަށް ވަނީ ނަމަ، އޭނާ އޭނާ ހުރީ ޓެސްލާ ކުންފުނީގެ ސްޓޮކް ވިއްކައިގެންވެސް އެކަމަށް އެހީތެރިވާން ތައްޔާރަށްކަމަށެވެ. އަދި ވޯލްޑް ފުޑް ޕްރޮގްރާމްގެ ފަންޑު އެކައުންޓް ރަގަޅަށް މޮނިޓާކުރެވި ދެފުށް ފެންނަ ސިޔާސަޔެއްގެ ދަށުން އެކަން ބެލެހެއްޓެން ޖެހޭނެކަމުގެ ޔަގީންކަންވެސް ބޭނުން ވާނެކަމަށް މަސްކް ބުނެފައިވެއެވެ.
ބިލިއަނާ އިންޑެކްސް ބުނާ ގޮތުން ނަމަ، ޓެސްލާ ކުންފުނީގެ ވެރިޔާ އެލަން މަސްކް އަކީ 311 ބިލިއަން އެމެރިކާ ޑޮލަރުގެ މާލިއްޔަތެއްގެ ވެރިއެކެވެ. އަދި ފާއިތުވި އޮކްޓޫބަރު މަހުވެސް އޭނާގެ މާލިއްޔަތަށް 9.3 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާކަމަށް ބިލިއަނާ އިންޑެކްސްގައި ފާހަގަކޮށްފައިވެއެވެ.
ސަތޭކަ އަށްޑިހަފަސް ބިލިއަން ޑޮލަރުގެ ނެޓްވޯތަކާއެކު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އިލަން މަސްކް އަށް ލިބުނީ މި އަހަރުގެ ކުރީ ކޮޅުގައެވެ. އޭގެކުރިން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ޝަރަފު އޮތީ އެމޭޒަންގެ ފައުންޑާ ޖެފް ބޭޒޯސް އަތުގައެވެ.
މަސްކްގެ ޓެސްލާކުންފުނީގެ ހިއްސާގެ އަގު 700 ބިލިއަންއަށް އަރާފައިވާއިރު މިއީ ޓޮޔޯޓާ، ޖީއެމް، ފޯޑް ،އަދި ފޯކްސްވޭގަން އެއްކޮށްލުމަށްފަހު ލިބޭ ވަރަށްވުރެ އިތުރު ފައިދާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!