އެއާ އިންޑިއާއިން، އިންޑިއާގެ 3 ސްޓޭޓްއަކުން ތައިލެންޑްގެ ވެރިރަށް ބެންކޮކްއަށް ނޮވެމްބަރުމަހުން ފެށިގެން ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

އިންޑިއާގެ ގައުމީ އެއާލައިންކަމަށްވާ އެއާ އިންޑިއާއިން މިކަން ހާމަކޮށްފައިވަނީ ތައިލެންޑްއަށް ކަރަންޓީން ނުވެ އެތެރެވުމުގެ ހުއްދަދީފައިވާ ގައުމުތަކުގެ ލިސްޓަށް އިންޑިއާ ލުމާއި އެކުގައެވެ.

Ad
rt

ތައިލެންޑްގައި ހުންނަ އިންޑިއާ އެމްބަސީއިން ހާމަކޯށްފައިވާ ގޮތުގައި އޮކްޓޫބަރު މަހު މުމްބާއީއިން ބެންކޮކްއަށް 4 ފްލައިޓެއް ވަނީ ދަތުރުކޮށް ފްލައިޓްތައް އޮޕަރޭޓްކުރުމަށް ބޭނުންވާ ތައްޔާރީތައް ފަށާފައެވެ. އަދި ނޮވެމްބަރުމަހުން ފެށިގެން 16 ފްލައިޓެއް އިންޑިއާގެ 3 ސްޓޭޓްއަކުން ބެންކޮކް އަށް ދަތުރުތައް ފަށާނެކަަމަށްވެސް އެމްބަސީއިން ހާމަކޮށްފައިވެއެވެ.

އިންޑިއާގެ މުމްބާއި، ޗެއްނާއީ އަދި ދިއްލީއިން އެއާ އިންޑިއާ ފްލައިޓްއިން ބެންކޮކްއަށް ދިއުމަށް ފްލައިޓްތައް މިހާރު ވަނީ ޝެޑިއުލްކޮށްފައެވެ.

މާދަމާއިން ފެށިގެން 63 ގައުމެއްގެ މީހުންނަށް ކަރަންޓްވުމެއްނެތި ތައިލެންޑް އެތެރެވެވޭ ގޮތަށް ތައިލެންޑުން ނިންމާފައިވާއިރު އެ ލިސްޓްގައިހިމެނޭ ސާކް ސަރަހައްދުގެ ގައުމުތަކުގެ ތެރޭގައި އިންޑިއާގެ އިތުރުން ދިވެހިރާއްޖެ، ސްރީލަންކާ އަދި ނޭޕާލް ވެސް ހިމެނެއެވެ.

ކަރަންޓީން ވާން ނުޖެހުން ނަމަވެސް މި ގައުމުތަކުން އެތެރެވާ ފަރާތްތަކުން ވެކްސިންގެ 2 ޑޯޒް ނުވަތަ ދަތުރު ކުރުމުގެ ކުރިން ނެގެޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާ ގެންދަން ޖެހޭނެ ކަމަށް ތައިލެންޑުން ވަނީ ބުނެފައެވެ.