ދިވެހިންގެ މަގުބޫލު މަންޒިލެއް ގޮތުގައި ފާހަގަކުރެވޭ ތައިލެންޑަށް ރަންޓީންނުވެ އެތެރެވުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފިއެވެ.

ރާއްޖޭގެ ހިމެނޭ 63 ގައުމަކަށް ތައިލެންޑުން ވަނީ މި ފުރުސަތު ފަހިކޮށްދީފައެވެ.

Ad
rt

ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ގައުމަށް ގޮސް ކަރަންޓީނު ވާން ނުޖެހޭ މީހުންނަކީ، އެމީހަކު ހުރި ގައުމެއްގެ ކޯވިޑްގެ ހާލަތު ރަނގަޅުވެފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ތައިލެންޑުގެ ޓޫރިޒަމުން ނެރުނު ކޮވިޑް ރިސްޓްރިކްޝަންސް ލިސްޓުގައި ބުނެފައިވެއެވެ.

ތައިލެންޑްގެ ޓޫރިޒަމް މިނިސްޓްރީއިން ވަނީ އެ އުސޫލުތަކަށް ފެތޭ ލިސްޓެއް ވެސް އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ރާއްޖެއާއެކު އިންޑިއާ އަދި ސްރީ ލަންކާގެ އިތުރުން ޔޫރަޕްގެ ގައުމުތައް ވެސް ހިމެނެ އެވެ.

ކަރަންޓީން ވާން ނުޖެހުން ނަމަވެސް މި ގައުމުތަކުން އެތެރެވާ ފަރާތްތަކުން ވެކްސިންގެ 2 ޑޯޒް ނުވަތަ ދަތުރު ކުރުމުގެ ކުރިން ނެގެޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާ ގެންދަން ޖެހޭނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ތައިލެންޑަކީ ޗުއްޓީ ހޭދަކުރުމަށާއި، ވިޔަފާރިއަށާއި އަދި ބޭސް ފަރުވާއަށް ގިނަ ދިވެހިންތަކެއް ދަތުރުކޮށް އުޅޭ ގައުމެކެވެ.