ވައްކަމުގެ 2 މައްސަލައަކާއި ގުޅިގެން 3 މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

މިގޮތުން ފުރަތަމަ މައްސަލައަކީ މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީން ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެކެވެ. މި މައްސަލައާއި މިދިޔަ ސެޕްޓެމްބަރ މަހުގެ 09 ވަނަ ދުވަހު މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީއިން ފޯނެއް ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މީހަކު ހޯދަން ފުލުހުން ވަނީ ޢިއުލާން ކޮށްފައެވެ.

Ad
rt

ދެވަނަ މައްސަލައަކީ ސެޕްޓެމްބަރ މަހުގެ 4 ވަނަ ދުވަހު ކާނޭޝަންމަގު ފަރީދީ މިސްކިތް ކައިރީގައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައެކެވެ. މި މައްސަލައާއި ގުޅުގިގެން ތުހުމަތު ކުރެވޭ 2 މީހަކު ހޯދަން ފުލުހުން ވަނީ ޢިއުލާން ކޮށްފައެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް އިން ތަހުގީގު ކުރަމުންދާ މި 2 މައްސަލާގައި ހޯދުމަށް އިއުލާން ކޮށްފައިވާ މީހުންގެ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެޑިޕާޓްމެންޓްގެ ނަންބަރ 9631696 ގުޅުއްވައި އެއިންސިޑެންޓްއެއްގެ ނަންބަރ ވިދާޅުވުމަށްފަހު މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

  • ފޯނު ވަގަށް ނެގި މައްސަލައިގެ އިންސޑެންޓް ނަންބަރ 497677
  • ސައިކަލް ވަގަށް ނެގި މައްސަލައިގެ އިންސިޑެންޓް 497007

ފުލުހުންވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަ ކުރައްވާފައެވެ.