ވިސާ ޖަހައިގެން ސައޫދީއަށް އެތެރެވެވޭ ގައުމުތަކުގެ މީހުންތެރެއިން، ސައުދީގައި ތިބި މީހުންނަށް ނޮވެމްބަރުގެ ނިޔަލަށް ވިސާއާއި ނުލައި އެ ގައުމުގައި ތިބެވޭ ގޮތައް ހަމަޖައްސައިފިއެވެ.
ވިސާ ޖަހައިގެން ނޫނީ ސައޫދީއަށް އެތެރެނުވެވޭ ގައުމުތަކަކީ، އިންޑިއާ، ޕާކިސްތާން، އިންޑޮނޭޝިޔާ، މިސްރު، ތުރުކީ، ބްރެޒިލް، އިތިއޯޕިއާ، ވިއެޓްނާމް، އަފްޤާނިިސްތާން އަދި ލެބަނާން އެވެ. ނަމަވެސް ސައޫދީގެ މިނިންމުމާއެކު މި ޤައުމުތަކުގެ މީހުންނަށް އަންނަ ޑިސެމްބަރުގެ ނިޔަލަށް ސައޫދީއަށް އެތެރެވެވޭނެ އެވެ.
ސައުދީގެ ފޮރިން މިނިސްޓްރީއިން އެގައުމަށް ވިސާއަކާއި ނުލާ ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލާފައިމި ވަނީ، ކޯވިޑް 19 އާއި ގުޅިގެން އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.
ވިސާއާއި ނުލާ ސައުދީއަށް އެރުމުގެ ފުރުސަރު ހުޅުވާލާފައި ވަނީ މައްކާގެ ހަރަމްފުލާއި މަސްޖިދުލް އަލް ނަބަވީ ހުޅުވާލެވުމާއި ގުޅިގެންކަމަށް ކިންގް ސަލްމާން އާއި ހަވާލާދީ ސައުދީ ގެޒެޓްގައި ބުނެފަވެއެވެ. އަދި މިކަންތައްތަކާއި ގުޅިގެން ނަގަންޖެހޭ ހުރިހާ ޒިންމާއެއް ސައުދީ ސަރުކާރުން ނަގާނެކަމަށްވެސް ގެޒެޓްގައި ވަނީ ފާހަގަކޮށްފައެވެ.
ކޯވިޑް 19ގެ ސަބަބުން ގައިދުރުކަމާއި އެކު ހަރަމްފުޅާއި މަސްޖިދުލް އަލް ނަބަވީ ބޭނުންކުރަމުން އައި ނަމަވެސް މިހާރު ވަނީ ގައިދުރުކަމާއި ނުލާއި ހަރަމުގައާއި މިސްކިތުގައި ނަމާދުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!