ނިޔަމިކަމުގެ ސެޓްފިިކެޓް ލެވެލް 2 ގެ ކޯހެއް ށ. ގޮއިދޫގައި ފެށުމަށް ނިންމައިފިއެވެ.
ގޮއިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި ކޯހަކީ ކަނޑުމަތީގެ ލައިސެންސް ނެގުމާއި އާކުރުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއްކަން ގޮއިދޫ ކައުންސިލުން ފާހަގަ ކުރައްވައެވެ. އަދި މިކޯހުގެ ސަބަބުން ތައުލީމީ ސެޓްފިކެޓްއެއް ލިބިގެންދާނެކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.
މިކޯހުގެ ތެރެއިން ކަނޑުމަތީގެ ރައްކާތެރިކަމަށް އަަޅަން ޖެހޭ ފިޔަވަޅުތަކާއި، ނެވިގޭޝަންއާއި ކޮމިއުނިކޭޝަން ގެ އިތުރުން މެރިޓައިމް އަދި ތިމާވެށިގެ ޤަވާއިދުތައް ބައިވެރިންނަނަށް ދަސްކޮށްދޭނެއެވެ.
މި ކޯހަކީ 30 ގަޑިއިރަށް ކުރިއަށް ގެންދާނެ ކޯހެކެވެ. މި ކޯހުގެ ފީއަކީ 2000 ރުފިޔާއެވެ.
މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންނަ ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހުގެ 14:00 ކުރިން ނަންނޯޓު ކުރެވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ނަންނޯޓު ކުރުމާއި ފައިސާ ބަލައިގަތުން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާ ހަމައަށް ގޮއިދޫ ކައުންސިލުން އިދާރާގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު، މިކޯހާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެއްވުމަށް 9673878 ގުޅުއްވުމަށް ގޮއިދޫ ކައުންސިލުން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!