ތިލަދުންމަތީގައި ކުރިއަށްދާ އެންޖީއޯ ފޯރަމުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

ހއ. ހދ. ގައި ހިމެނޭ ހުރިހާ ޖަމިއްޔާތައް ހިމެނޭހެން ކުރިއަށްގެންދާ މި ފޯރަމް ބާއްވަނީ އިހަވަންދޫގައެވެ.

Ad
rt

މި ފޯރަމުގައި ބައިވެރިވާ އެންޖީއޯތަކުގެ ބޭފުޅުން އިއްޔެ އިހަވަންދުއަށް ވަޑައިގެންފައެވެ. ބައިވެރިންނަށް އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މިއީ ތިލަދުންމަތީގެ ހުރިހާ ޖަމިއްޔާއެއް އެއް ޕްލެޓްފޯމެއްގައި ބައްދަލުވެ ގުޅުން ބަދަހި ކުރުމަށް ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތެކެވެ.

މުޖުތަމައަށް ފާއިދާ ހުރި މިފަދަ ތަފާތު ކަންކަމުގައި އުރީދޫ އިން އެހީތެރިކަން ފޯރުކޮށްދެއެވެ.

ކުރިއަށް އޮތްތާނގައިވެސް މިފަދަ އެހީތެރިކަން މުޖުތަމައަށް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.