ހުޅަނގުގެ ގައުމުތަކުގެ ތެރެއިން 10 ގައުމެއްގެ އެމްބެސެޑަރުން ފޮނުވާލުމަށް ތުރުކީގެ ރައީސް ތައްޔިބު އުރްދުގާން އެ ގައުމުގެ ފޮރިން މިނިސްޓަރަށް އަމުރު ކުރައްވައިފި އެވެ.
"ޕާސަން ނަން ގްރޭޓާ"ގެ ދަށުން 10 އެމްބެސެޑަރުން އެ ގައުމުން ފޮނުވާލުމަށް އަމުރުކޮށްފައިވަނީ، އެގައުމުގެ ޖަލުގައި ހުރި ތުރުކީގެ މަޝްހޫރު ވިޔަފާރިވެރިޔާ ފިލަންތްރޮޕިސްޓް އަދި ސިވިލް އެކްޓިވިސްޓުންގެ ލީޑަރު އޮސްމާން ކަވަލާ ދޫކޮށްލުމަށް އެދި އެމްބެސެޑަރުން އުރްދުގާން އަށް ގޮވާލާފައި ވަނިކޮންނެވެ.
އޮސްމާން ކަވަލާ ޖަލަށްލާފައިވަނީ 2013 ވަނަ އަހަރު ސަރުކާރާއި ދެކޮޅަށް ތުރުކީގައި ކުރިއަށްގެންދިޔަ ބޮޑު މުޒާހަރާއަކަށް ފަންޑުކޮށްފައިވާކަަމަށް ބުނެއެވެ. މިކަމަށް އޮސްމާން އެއްބަސްވެފައި ނުވި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުވެ 2016 ވަނަ އަހަރު ވަނީ ޖަލަށް ލާފައެވެ.
އޮސްމާން ދޫކޮށްލުމަށް އެމްބެސެޑަރުން ގޮވާލާފައިވުމާއި އެކު ތުރުކީގެ ރައީސް ވިދާޅުވެފައިވަނީ، ތުރުކީގައި ތިބެވޭނީ ތުރުކީ އަކީ ކޮބައިކަން އެނގިގެން ކަމަށެވެ. އަަދި ތުރުކީއަކީ ކޮބައިކަން ނޭންގޭ ހާލުގައި ހުޅަނގުގެ އެމްބެސަޑަރުން އެގައުމުގައި ނުތިބެ އެނބުރި އެމީހުންގެ ގައުމަށް ދިއުން އެއީ އެންމެ އެކަށީގެންވާ ގޮތްކަމުގައި އުރްދުގާން ވަނީ ވިދާޅުވެފައެވެ.
ނަަވެސް އުރްދުގާން މި ނިންމެވުމާއި ގުޅިގެން ތުރުކީއާއި ހުޅަނގުގެ ގައުމުތަކާއި އޮންނަ ގާތް ގުޅުމަށް ބުރޫ އަރައި 19 އަހަރުވީ ވެރިކަމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެކަަމަށް ޚަބަރުތަކުގައި އަންނަނީ ބުނަމުންނެވެ.
ހުޅަނގުގެ އެމްބެސަޑަރުން އޮސްމާން ދޫކޮށްލުމަށް ގޮވާލާފައިވާއިރު، ޔޫއަޕިއަން ޔޫނިއަންގެ ކައުންސިލްއިންވެސް ވަނީ އޮސްމާން ދޫކޮށްލުމަށް އުރްދުގާންއަށް ގޮވާލާފައެވެ. އީ،ޔޫގެ ޔޫރަޕިއަން ހިއުމަން ރައިސްޓްސް ކޯޓުން ވަނީ އޮސްމާން ދޫކޮށްލުމަށް 2019 ވަނަ އަހަރު އުރްދުގާން އަން ގޮވާލާފައެވެ.
އަދި އީ.ޔޫ އިން ނޮވެމްބަރު 30 އަދި ޑިސެމްބަރު 2 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުވުންތަކާއި ހަމައަށް ތުރުކީއިން މިކަމަށް ހައްލެއް ނުގެނެސްފި ނަމަ އެގައުމުގެ އެންމެ ބޮޑު ސިޓީކަމަށްވާ އަންކާރާއާއި ބެހޭ އަހްލާގީ މައްސަލައަކަށް ކައުންސިލް އިން ވޯޓުދޭނެކަމަށް ބުނެފައިވެއެވެ.
ތުރުކީއިން ފޮނުވާލުމަށް ރައީސް އުރްދުގާން އަންގަވާފައިވާ ހުޅަނގުގެ ގައުމުތަކަކީ އެމެރިކާ، ޖަރުމަނު، ކެނެޑާ، ޑެންމާކް، ފިންލޭންޑް، ފްރާންސް، ނެދަލޭންޑްސް، ނިއުޒިލޭންޑް، ނޯވޭ އަދި ސްވިޑެންގެ އެމްބެސެޑަރުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!