ޗައިނާގައި ކޯވިޑް ހާލަތު ގޯސްވެ ފްލައިޓްތައް ކެންސަލްކޮށް، ސްކޫލްތައް ބަންދުކޮށްފި

china-school-masks-sh-rc-200516_hpMain_16x9_992

ޗައިނާގެ އެންމެ އުތުރާއު އުތުރުހުޅަނގުގެ ހިސާބުތަކުގައި ކޯވިޑް 19 ގެ ހާލަތު ގޯސްވެސް އަނެއްކާވެސް ސްލޫލްތައް ބަންދުކޮށް ގިނަ އަދަދެއްގެ ފްލައިޓް ދަތުރުތައްވެސް މެދުކަނޑާލައިފިއެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވަނީ އެހިސާބަށް އައި ފަތުރުވެރިންގެ ގްރޫޕެއްގެ ސަބަބުންކަމަށާއި މިކަމާއި ގުޅިގެން އެ ހިސާބުގައި 100 އަށްވުރެ ގިނަ ފްލައިޓްގެ ދަތުރުތައް ކެންސަލްކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވަމުން އަންނަ ސަރަހައްދުތަކުގެ ތެރޭގައި 5 ޕްރޮވިންސްއަކާއި ޗައިނާގެ ވެރިކަން ކުރާ ބެއިޖިންގްގެ އިތުރުން އިތުރު ރީޖަންތައްވެސް ހިމެނެއެވެ.

މިކަމާއި ގުޅިގެން އެހިސާބުތަކުގެ ސްކޫލްތަކާއި މީހުން އެއްވާ ގިނަ ތަންތަން ބަންދުކޮށް، ކޮންމެހެން ބޭރަށް ދާން ޖެހޭ ގޮތަށް ފިޔަވައި ވަނީ ލޮކްޑައުން ކުރެވިފައެވެ.

ޗައިނާގައި މިހާރު ކޯވިޑްގެ ކޭސްތައް އެންމެ ގިނައިން ފެންނަމުން އަންނަ ޗައިނާގެ އެންމެ އުތުރުގައި އޮންނަ ލަންޒައު ސިޓީއަކީ ވެސް 4 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީއެއްކަމަށް ބައިނައްލަޤްވާމީ ޚަބަރުތަކުގައި ވަނީ ބުންފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *