އެމެރިކާގައި ކާމިޔާބުކަމާއި އެކު އޫރުގެ ކިޑްނީ ނަގައިގެން އިންސާނެއްގެ ކިޑްނީ ޓްރާންސްޕްލާންޓް ހަދައިފިއެވެ.

އެމެރިކާގެ ނިއުޔޯކް ސިޓީގެ އެން.ވައި.ޔޫ ލެންގޯން ހެލްތްގައި ކޮށްފައިވާ މި އޮޕަރޭޝަނަކީ ފުރަތަމަ ފަހަރަށް އޫރުގެ ކިޑްނީއެއް އިންސާނެއްގެ ހަށިގަނޑުގައި ބޭނުންކޮށްފައިވާ ފަހަރުކަމަށާއި، ޓެސްޓް ކުރެވުނު މި ޓްރާންސްޕްލާންޓް ކާމިޔާބުނެފައިވަނީ އިންސާނާގެ ހަށިގަނޑު އޫރުގެ ކިޑްނީ ރިޖެކްޓްކޮށްފައިނުވާތީކަމަށް ސައިންވެރިންވަނީ ބުނެފައެވެ.

Ad
rt

މިހާތަނަށް ސައިންސްވެރިން ކޮށްފައިވާ ތަހުލީލްތަކާއި ދިރާސާތަކަށް ބަލާއިރު، އޫރުގެ އޯގަންސްތައް ބެލެވެނީ އިންސާނުންގެ ހަށިގަނޑާއި އެންމެ އެއްގޮތް އޮގަންސްތައް އެކުލެވޭ ޖަނަވާރުކަަމަށްވެސް ސައިންސްވެރިން އަންނަނީ ބުނަމުންނެވެ.

މިއީ މިފަދަ ޓެސްޓެއް ކޮށްފައިވާ ފުރަތަމަ ފަހަރެވެ. މިޓެސްޓް ކޮށްފައިވަނީ ވެންޓިލޭޓަރުގައި އޮތް ސިކުނޑި މަރުވެފައިވާ މީހެއްގެ ހަށިކަނޑުގަ އެވެ. މިޓްރާންސްޕްލާންޓް ކާމިޔާބު ކަމަށް ބުނެފައިވީ ނަމަވެސް އާންމުކޮން މި ޓްރާންސްޕްލާޓް އަވަސް މުއްދަތެއްގައި ނުކުރެވޭނެއެވެ. އެއީ ކަމާބެހޭ އިދާރާތަކުން މިޓްރާންސްޕްލާންޓް ކުރުމަށް ވަރަށް ގިނަ ހުއްދަތަކެއް ނަގަން ޖެހޭނެ ތީއެވެ.

މި އޮޕަރޭޝަނަށް 54 ގަޑިއިރު ހޭދަވެފައިވާކަމަށްވެސް އެން.ވައި.ޔޫ ލެންގޯން ހެލްތްގެ ސައިންސްވެރިން ވަނީ ބުނެފައެވެ.