ކޯވިޑް-19 ބަލީގައި ރާއްޖެއިން 44 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ.

Ad
rt

މި މީހާ ނިޔާވެފައި ވަނީ ރޭ މެންދަމުން އަނބުރާ 3:15 ހާކަށް ހާއިރުއެވެ.

ރޭ ނިޔާވެފައި ވަނީ ހއ. ވަށަފަރަށް ނިސްބަތްވާ އެރަށު އީރާނިސްވިލާ، އާއިޝަތު ފަހީމާއެވެ. ފަހީމާގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދު ހެނދުނު 8 ޖެހިއިރު ހުޅުމާލޭ ސަހަރާގައެވެ. ފަހީމާއަކީ ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފެއްގެ ގޮތުގައި ގައުމަށް ޚިދުމަތްކުރަމުން ދިޔަ މީހެކެވެ.

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 240 އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް ކޮންޓްރޯލް ކުރެވި މަރުތައް މަދުވެފައި ވީނަމަވެސް އަނެއްކާ ވެސް މި ބަލީގައި މަރުވާ މީހުން ގެ އަދަދު އަންނަނީ މަޑުމަޑުން މަތިވަމުންނެވެ. މިގޮތުން މި މަހުވެސް އިތުރު 7 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

މިގޮތުން ބަލާއިރު، މި މަހުގެ 18 ވަނަ ދުވަހު މި ބަލީގައި އައްޑޫން 87 އަހަރުގެ ފިރިހެނަކު ނިޔާވެފައިވާއިރު، 17 ވަނަ ދުވަހު ހުޅުމާލެ ފެސިލިޓީގައިމި ވަނީ 80 އަހަރުގެ ފިރިހެނަކު ނިޔާވެފައިވެފައެވެ. އަދި މި މަހުގެ 13 ވަނަ ދުވަހު އައްޑޫގައި 87 އަހަރުގެ މީހެއް މި ބަލީގައި ނިޔާވެފައިވާއިރު، މި މަހުގެ 12 ވަނަ ދުވަހު 81 އަހަރުގެ މީހެއް ގދ. ތިނަދޫގައި ވަނީ ނިޔާވެފަ ވެއެވެ.

މި މަހުގެ 9 ވަނަ ދުވަހުވެސް 72 އަހަރުގެ މީހަކު ނިޔާވިއެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނިޔާވިމީހެކެވެ. އަދި މި މަހުގެ 8 ވަނަ ދުވަހު އައްޑޫން މިބަލީގައި 97 މީހަކު ނިޔާވެފައިވާއިރު، މި މަހުގެ 4 ވަނަ ދުވަހު 54 އަހަރުގެ މީހެއް ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނިޔާވެފައެވެ.

މި އެންމެންނަކީ ވެސް ދިވެހިންނެވެ.