އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ ވިޔަފާރިވެރިންގެ ހިޔާލު ހޯދައިގެން: ރައީސް

20211021_095442

މިނިމަމް ވޭޖް ނުވަތަ އެންމެ ދަށް އުޖޫރަ ކަނޑައަޅާނީ ވިޔަފާރިވެރިންގެ ހިޔާލު ވެސް ހޯދުމަށް ފަހު ކަމަށް ރައީސުލް ޖޫމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އިއްޔެ އއ. ތޮއްޑޫއަށް ޒިޔާރަތް ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން، މި މަޝްވަރާތަކުގައި ވިޔަފާރިވެެރިންގެ އިތުރުން މުވައްޒަފުންގެ ހިޔާލުވެސް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ބެހޭ ގޮތުން ލަފާ ދިނުމަށް އެކުލަވާލާފައިވާ މިނިމަމް ވޭޖް ބޯޑުން ވަނީ އަދަދުތަކެއް ކަނޑައަޅައި އެ ރިޕޯޓު އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅައިފައެވެ. މިހާރު ކުރިއަށް ދަނީ މިނިސްޓްރީގެ ފަރާތުން އެ ބޯޑުން ދިން ލަފާ ދިރާސާ ކުރުމުގެ މަރުހަލާއެވެ.

ކުޑަ އުޖޫރަ އަންނަ މަހު ކަނޑައަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް އެއަށް އަމަލު ކުރަން ވިޔަފާރިތަކަށް އަންނަ އަހަރާ ހަމައަށް ވަގުތު ދޭނެއެވެ.

މިނިމަމް ވޭޖު ބޯޑުން މައިގަނޑު ފަސް ބައެއްގެ މައްޗަށް ވަނީ ލަފާ ދީފައެވެ. އެގޮތުން، ޕްރައިވެޓް ސެކްޓާގައި ކުދި ފަންތީގެ ވިޔަފާރިތަކަށް މަހަކު 5،000ރ. ކަނޑައަޅަން ލަފާދީފައިވާއިރު މެދު ފަންތީގެ ވިޔަފާރިތަކަށް 7،000ރ.، އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅާފައި ވަނީ މަހަކު 8،900ރ. އެވެ.

ސިވިލް ސާވިސް މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 7،000ރ. އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published.