އަމީނީ ގޯޅީގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ އަމީނީ ގޯޅީގައި ހުންނަ ޑޮނާޑް ގާމެންޑް ހިންގަމުން އަންނަ އިމާރާތުގެ 3 ވަނަ ފަންގި ފިލާގައި ކަމަށެވެ.
އެސަރަހައްދުގައި އަލިފާން ނިންވުމަށް ފަޔަ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުން އަންނައިރު އެ އިމާރާތުން އަންނަނީ ދުން އަރަމުންނެވެ.

މިހާދިސާގެ މަޢުލޫމާތު ފަޔަ އެންޑް ރެސްކިއު ސާވިސްއަށް ލިބިފައިވަނީ 16:49 ގައި ކަމަށް އޮފިސަލް ވިދާޅުވި އެވެ.
ޑޮނާޑް ގާރމެޓް ހުންނަ އިމާރާތުގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި. ހާދިސާގެ ރިޕޯރޓް އެފްއާރްއެސްއަށް ލިބުނީ މިއަދު 16:49 ހާއިރު. pic.twitter.com/sCfveyHxju
— Maldives National Defence Force (@MNDF_Official) October 20, 2021
އެސަރަހައްދުގައި ހުރި މިނޫހުގެ ނޫސްވެރިއަކު ހާމަކުރިގޮތުގައި އަލިފާން ރޯވެފައިވަނީ ފޮތިގުދަނެއްގައެވެ. މިހާރު އަލިފާންގަނޑު ވަނީ ކޮންޓުރޯލްކޮށްފަ އެވެ.
ޑޮނާޑް ގާރމެޓް ހުންނަ އިމާރާތުގެ 3 ފަންގިފިލާގައި ރޯވި އަލިފާން ވަނީ 17:09 ހާއިރު ނިއްވާލެވިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!