ހ.ދ ކުޅުދުއްފުށި ސިޓީ އިން ފުރައިގެން ށ. ފީވަކު ފަޅަށް ވަންނަނިކޮށް ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިދޯންޏަކީ ކުޅުދުއްފުށި ދޯންޏެއްކަމަށާއި އެދޯނިން ދަތުރު ކުރަމުން އައީ 3 މީހުންކަމަށެވެ.
ވިއްސަކަށް ފޫޓުގެ މިދޯނި މިހާރު އޮތީ ފަޅުތެރެއަށް ވައްދާފަ އެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު އެވެ.
ހަބަރު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި އެދޯނީގައި އެއްވެސް މުދަލެއްވެސް ނެތެވެ.
މިހާރު އެރަށު ރައްޔިތުން އަންނަނީ އެދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހައިމާކެއްގެ އެހީގައި ދޯނި ފުންކުރެވޭތޯ ރައްޔިތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިހާދިސާއާއި ގުޅިގެން މިކަމުގެ މަޢުލޫމާތު ސާފުކުރެއްވުމަށް މިނޫހުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރއާއި ސުވާލު ކުރުމުން ވިދާޅުވީ މިފަދަ ހާދިސާއެއްގެ މަޢުލޫމާތު އަދި ލިބިފައިނުވާކަމަށެވެ.
ކުޅުދުއްފުށި ދޯންޏެއް ފީވަކު ފަޅަށް ވަންނަނިކޮށް ބަންޑުން ޖަހާލުންhttps://t.co/h3AsxxXKqz pic.twitter.com/q64Ifc5eJW
— Thiladhun (@thiladhun) October 18, 2021
"ގިނަފަހަރައް ސިފައިން ނުތިބޭ ރަށްރަށުގަ ހިނގާ މިފަދަ ހާދިސާތަކުގައި އެހީތެރިވަނީ ޕޮލިހުން، ނުވަތަ ކައުންސިލްއާއި ރައްޔިތުން"
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވި އެވެ.
ފުލުހުންގެ އިދާރާއިން "ތިލަދުން" އަށް މަޢުލޫމާތު ދެމުން ވިދާޅުވީ ކުޅުދުއްފުށިން ފުރައިގެން ފީވަކަށް ދަތުރު ކުރި ކުޑަ ދޯންޏެއް ފީވަކު ބަނދަރަށް ވަންނަން އުޅުޅުމުގެ ތެރޭގައި ބަންޑުން ޖަހާލާފައިވާކަމުގެ މަޢުލޫމާތު މިއަދު 16:30 އެހާކައްހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
މިދުވަސް ވަރަކީ މޫސުން ގޯސް ދުވަސް ވަރެކެވެ. މއިަދު އެކަނިވެސް ތަފާތު ނުރައްކާތެރި ހާދިސާތައް ހިނގާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!