އަނިޔާކޮށް ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ އޮއްވާ ފެނުނު އދ. ދަނގެތީ މޮނަލާޒް، އުމުރުން 57 އަހަރުގެ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ބިދޭސީހާ ސާލިމް އދ. މަހިބަދު ގެންގޮސްފިއެވެ.

ސާލިމް މަހިބަދޫއަށް ގެންދިޔައީ އޭނާ ދަނގެތީގައި އުޅުނު ގެއަށް އިއްޔެ އޭނާ ގެންގޮސް އެ ގެ ވަށައިގެން ބަންދުކޮށްގެން ސާލިމް ކަންތައްތައް ކުރި ގޮތް އޭނަ ލައްވައި ކުޅުވުމަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.

Ad
rt

ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ، ސާލިމް މި މައްސަލާގައި އެއްބަސްވިކަމެއްވެސް އޭނާއާއި މި މައްސަލައާއި ގުޅުން މިންވަރެއް ވެސް އަދި މިހާތަނަށް ފުލުހުން ހާމައެއް ނުކުރައެއްވައެވެ.

މަހުމޫދު ގެއްލުނު ރޭ ސާލިމްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވޭ ކަންކަން ފެނުނު މީހަކު ވަނީ އެކަން ފުލުުހުންނާ ހިއްސާކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ. މިގޮތުން ސާލިމް އުޅެމުންދިޔަ ނެދުންގޭގެ ތެރެއިން އާދަޔާ ހިލާފު އަޑުތަކެއް އިވުންކަމަށް އޭނާ ކިޔައިދީފަވެއެވެ. އޭނާ ވަނީ އެ އަޑުއިވުގެން އެ ގޭގެ ފާރުމަތިން ބޯ ދިއްކޮށް ބަލާފައެވެ. ނަމަވެސް އަނދިރިކަމުން މަންޒަރު އޭނާއަށް ސާފުނުވާކަމަށް ވެއެވެ.

ބަންގްލަދޭޝްއަށް ނިސްބަތްވާ ސާލިމަކީ ދަނގެތީގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެންގުޅޭ މީހެކެވެ. އެނާގެ މަޑުމައިތިރި މިޒާޖާއި، ނަމާދަށް ފަރުވާތެރިވުންފަދަ ކަންކަން ފެނިފައިވާތީ މި މައްސަލާގައި ސާލިމް ހައްޔަރު ކުރުމުން އެރަށު މީހުންނަށް ލިބުނީ ޝޮކެކެވެ.

ސާލިމްގެ ބަންދަށް ދަނގެތީ ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.