އައްޑޫ ސިޓީގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ ރޭ އައްޑޫ ސިޓީގެ ހިތަދޫގައެވެ. މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ 24 އަހަރުގެ ޒުވާނެކެވެ.

Ad
rt

ފުލުހުންގެ ހިދުމަތުން ވިދާޅުވި ގޮތުގައި މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ 12:30 ހާއިރު ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައި ޖެހިގެން ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

"އެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން މީހާ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ގެންދަވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.