ކޯވިޑް-19 ބަލީގައި ރާއްޖެއިން 80 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ.

Ad
rt

މި މީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 7:45 ހާކަށް ހާއިރުއެވެ.

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 238 އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް ކޮންޓްރޯލް ކުރެވި މަރުތައް މަދުވެފައި ވީނަމަވެސް އަނެއްކާ ވެސް މި ބަލީގައި މަރުވާ މީހުން ގެ އަދަދު އަންނަނީ މަޑުމަޑުން މަތިވަމުންނެވެ. މިގޮތުން މި މަހުވެސް އިތުރު 5 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

މިގޮތުން ބަލާއިރު، މި މަހުގެ 13 ވަނަ ދުވަހު އައްޑޫގައި 87 އަހަރުގެ މީހެއް ކޯވިޑް ބަލީގައި ނިޔާވެފައިވާއިރު، މި މަހުގެ 12 ވަނަ ދުވަހު 81 އަހަރުގެ މީހެއް ގދ. ތިނަދޫގައި ނިޔާވެފަ ވެއެވެ.

މި މަހުގެ 9 ވަނަ ދުވަހުވެސް 72 އަހަރުގެ މީހަކު ނިޔާވިއެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނިޔާވިމީހެކެވެ. އަދި މި މަހުގެ 8 ވަނަ ދުވަހު އައްޑޫން މިބަލީގައި 97 މީހަކު ނިޔާވެފައިވާއިރު، މި މަހުގެ 4 ވަނަ ދުވަހު 54 އަހަރުގެ މީހެއް ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނިޔާވެފައެވެ.