ސްޓެލްކޯއިން މިއަދު ކުރިއަށް ގެންދިޔަ ސިސްޓަމްތަކުގެ ޓެސްޓުތައް، ކަރަންޓުގެ ހިދުމަތަށް ބުރޫ ނަރައި ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

އެ ކުންފުނިން އިއްޔެ ބުނީ މި ޓެސްޓުތައް ކުރިއަށްދާ ވަގުތު އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަމަވެސް މިއަދު ޓެސްޓުތައް ނިމުނު އިރު މާލެ އާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ނުކެނޑެއެވެ.

Ad
rt

މި ޓެސްޓުތަކަކީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޓެސްޓުތަކެކެވެ.

ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ވީހާވެސް ކުޑަކޮށް، ކުންފުނީގެ ސިސްޓަމުތައް އަދާހަމަކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.