މީހަކު ވަޅިން ދިން ހަމަލާތަކަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އިންގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޑޭވިޑް އެމްސް ނިޔާވެއްޖެއެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި އެމްސްއަށް ވަޅިން ހަމަލާދީފައިވަނީ އިނގިރޭސި ބަރުލަމާނުގައި އޭނާ ތަމްސީލްކުރައްވާ ދާއިރާގެ ރައްޔިތުންނާއި އެކު އާންމު ބައްދަލުވުމެއްގައި ހުންނަވަނިކޮށެވެ.

Ad
rt

އުމުރުން 69 އަހަރުގެ އެމްސްގެ ހަށިގަނޑަށް އެތަށް ފަހަރެއްގެ މަތިން ހަމަލާދީފައިވާކަމަށާއި، އޭނާ ނިޔާވެފައިވަނީ ހަމަލާތަކަށް ފަރުވާ ހޯދަމުން ދަނިކޮށްކަމަށް ބައިނައްލަޤްވާނީ މީޑިއާތަކުގައި ދަނީ ބުނަމުންނެވެ.

އެމްސް އަވަހާރަކޮށްލުމަށް ވަޅި ހެރި އުމުރުން 25 އަހަރުގެ މީހާ ހައްޔަރުކޮށްފައިވާއިރު، ހަމަލާ ދިނުމަށް ބޭނުންކުރި ވަޅިވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޑޭވިޑް އެމްސްއަކީ ޔޫކޭ މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕްގެ ޗެއަރއެވެ. އަދި އެމްސްއަށް ލިބުން ހަމަލާއާއި އެކު ރާއްޖޭގެ ރައީސުލްހުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިހް ވަނީ ޓްވީޓްކުރައްވާފައެވެ. މި ޓްވީޓްގައި އެމްސްއަށް އަވަސް ޝިފާއަަކަށް އެދިލައްވާފައިވެއެވެ.

ޑޭވިޑް އެމްސް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވަނީ 1983 ވަނަ އަހަރުން ފެށިގެންނެވެ.